01 Dec 2016, 10:24
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ އަޙްމަދު ހަސަން (ދަފްތަރު 9058) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެމީހާ މަރުވެފައި ވަނީ ރޭ ފަތިހު 4.40ގައި ކަމަށާއި، އޭނާ މަރުވިކަން އެނގުނީ ރޭ ފަތިސް ނަމާދަށް ގައިދީންނަށް ގޮވި އިރު އޭނާ ނުހޭލުމުން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ބުނީ އެމީހާ މަރުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ ފަތިހު 5.30ގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަަމުންދާ ކަމަށެވެ.