19:00


އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ނުސީދާ ގޮތެއްގައި ފަށާފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.


ފަލަސްތީނު ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯޖް މިޝޭލް މެދުވެރިވެގެން އިޒްރޭލާއި ފަލަސްތީނުގެ އިސްވެރިންނާ މެދު ނުސީދާ މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާ ޖޯޖް މިޝޭލް ބައްދަލުކުރައްވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެމެރިކާއާއެކު ފަލަސްތީނާއި އިޒްރޭލަށް އެއް މޭޒެއްގެ ދޮށަށް އާދެވިދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެފަރާތުން ބުންޏެވެ.


ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ނުސީދާ މަޝްވަރާތަކަކުން ދެގައުމުގެ މެދުގައި ސުލްހަ ގާއިމުކުރެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިޒްރޭލާއި ފަލަސްތީނާމެދު ސުލްހައިގެ ވާހަކަތައް ސީދާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ނުސީދާ ގޮތެއްގައި ފަށާފައިމިވަނީ އިޒްރޭލާއެކު ސުލްހައިގެ ވާހަކަތައް ނުސީދާ ގޮތެއްގައި އަލުން ފެށުމަށް ތައްޔާރަށް އޮތްކަމަށް ސީރިއާއިން ވެސް ބުނެފައިވަނިކޮށެވެ.