16 Jun 2011, 16:57
ރާއްޖޭގެ ސިވިލް ސާވިސްއަކީ ޕްރޮފެޝަނަލް ސިވިލް ސާވިސް އަކަށް ހެދުމަށް އަދި ކޮލިޓީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަމާޒުގައި ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓާއި ސްރީލަންކަން އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (ސްލީޑާ)އެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސިވިސްލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ސޮއިކުރި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް ގާއިމުކޮށް ކޮލިޓީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަމާޒުގައި ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓުން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސީއެސްސީގެ ރަޢީސް މުހައްމަދު ފަހުމީ ހަސަން އަދި ސީއެސްސީގެ ޓްރޭނިން އިންސްޓިޓިއުޓްގެ ފަރާތުން ޚަދީޖާ އަދަމެވެ. އަދި ސްލީޑާ ފަރާތުން މި އެމްއޯޔޫގައި ސޮއކުރެއްވީ ޑިރެކްޓަރު މރ.ބީ. ވިޖެރަތުން އާއި ލަންކާގެ މިނިސްޓްރީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ހޯމް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ މރ. ޕީބީ އަބޭކޫން އެވެ.
ސީއެސްސީން ބުނީ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭން ލަންކާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ހުސެއިން ޝިހާބާއި ސީއެސްސީގެ ޑިރެކްޓަރު، އިންޓަނޭޝަނަލް ރިލޭޝަންސް އަހުމަދު ހުޝާމް އަދި ސިވިލް ސާވިސް ޓްރޭނިންގް އިންސްޓްޓިޓިއުޓް ހިންގުމާ ހަވާޅުވެ ހުންނެވި އާމިނަތު ޒާހިރާ އެވެ.
ސީއެސްސީ އާއި ތައިލެންޑްގެ އޮފީސް އޮފް ދަ ސިވިލް ސާވިސް ކޮމިޝަނާއެކު 2010 ވަނަ އަހަރުގެ ޖޫން 22ގައި ވަނީ ސޮއި ކޮށްފަ އެވެ. މީގެ އިތުރުން ސިންގަޕޫރު އަދި ޗައިނާގެ ސިވިލް ސާވިސް ކޮމިޝަނާއެކު ދެ ފަރާތުގެ ދެމެދުގައި އެއްބާރުލުމާއި އެހީތެރވެދިނުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ސީއެސްސީން ބުންޏެވެ.
ރާއ