މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ ފުލުހަކާއި ސިފައިންގެ މީހަކާއެކު ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.

މިކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޮފިޝަލު ވިދާޅުވީ، އެމީހުން އަތުލައިގަތީ ފުލުހުން ރޭ މާލޭގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމެއް ނުވަތަ މަސްތުގެ ހާލުގައި ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.

އަދި އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތަފްސީލެއް ވެސް ފުލުހުން އަދި ހިއްސާއެއްނުކުރެއެވެ.