16 Jun 2011, 15:46
ހއ. ފިއްލަދޫގައި ބަކަރިތަކަކާއެކު ބަޔަކު ޖިންސީ ގުޅުން ހިންގާކަމުގެ ޝަކުވާ، އެ ރަށު ކައުންސިލަށް ލިބިފައިވާ ކަމަށް ފިއްލަދޫ ރަށު ކައުންސިލުން ބުނެފި އެވެ.
ފިއްލަދޫ ރަށު ކައުންސިލްގެ ރައީސް މުހަންމަދު ވިޖާން މިއަދު ވިދާޅުވީ އެ ރަށުގައި ގެންގުޅޭ ބަކަރިތަކަށް ބަޔަކު ޖިންސީ ގޯނާ ކުރާ ކަމުގެ ޝަކުވާ ބަކަރިތަކުގެ ވެރިފަރާތުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ބޭފުޅުން އެބަ ވިދާޅުވޭ ނިޝާނަތައް ފެންނަކަމަށް. އަޅުގަނޑު ވެސް އެ ހަބަރު ކޮންމެވެސް ވަރަކަށް ބަލައިލި އިރު އެތަނުން ދޭއްޗެއްގެ ހާލު ދެރަކަމަށް އެމީހުން ބުނޭ،" ބަކަރިތަކުގެ ވެރިފަރާތާ ހަވާލާދީ ވިޖާން ވިދާޅުވި އެވެ.
އެ ބަކަރިތަކުގެ ވެރިފަރާތުން ޒާތީ ސަބަބުތަކަކަށްޓަކައި ނަން ހާމަކުރަން ބޭނުންނުވެ މިއަދު ބުނީ މީހުން ދިރުއުޅޭ ހިސާބާއި ދުރުގައި ހަދާފައިވާ އޭނާގެ ބަކަރި ކޮއްޓަށް ކޮންމެ ރެޔަކުވެސް ބަޔަކު މީހުންވަދެ ދެ ބަކަރިއަކަށް ތަކުރާރުކޮށް އެކި ރޭ މަތިން ބޮޑެތި ޖިންސީ ގޯނާތަކެއް ކޮށްފައިވާކަމަށެވެ. އަދި އެ ދެ ބަކަރީގެ ހާލު މިހާރު ވަރަށް ދެރަކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ރެޔަކުވެސް އެބަހުރޭ ކޮށި ތެރޭ ފިޔަވަޅުތަކެއް. ގާތްގަނޑަކަށް ހަތަރު މީހެއްގެ ފިޔަވަޅު މި އުޅެނީ. ބަކަރިތަކުގެ ޖިންސީ ގުނަވަނުގައި ނިޝާންތައް ވަރަށް ބޮޑަށް އެބަހުރި. އަޅުގަނޑުގެ ފިރިމީހާއަށް ބަކަރި ގެންގުޅެން ވަރަށް ރަނގަޅަށް އިނގޭނެ. އޭނާ ބަލާފައި ބުނީ ގޯނާ ކޮށްފައޭ ހުރީ. އޭގެ ތެރެއިން އެއްބަކަރި ވިހައިގެން ދެތިން ދުވަސް ވެސް ނުވަނީސް މިހާ ވަރު މިކޮށްލީ. މިހާރު އެއް ބަކިރިއަށް ނުވެސް ކެވޭ. ހިނގައިވެސް ނުގަނެވޭ،" އޭނާ ބުންޏެވެ.
ވެރިފަރާތުން އެ ވާހަކަ އެގޮތަށް ބުނާއިރު ކައުންސިލްގެ ރައީސް ވިޖާން ވިދާޅުވީ ބަކަރިތަކަށް ޖިންސީ ގޯނާ ކުރާކަމަށް ޝައްކުކުރެވެނީ އެ ރަށުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންތަކަކަށް ކަމަށެވެ.
"އެމީހުންނަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ. އެކަމަކު އެއީން ޔަގީންކަމެއް ނޫން. ހަމަ ތުހުމަތެއް،" ވިޖާން ވިދާޅުވި އެވެ.
ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާއި ޖިންސީ ގޯނާ ކުރާ މައްސަލަ އެ ރަށު ކައުންސިލާއި ހިސާބަށް ދިޔައިރު ވަނީ ހދ. މަކުނުދީޫގައި ވެސް ބަޔަކު ގިތެލަކާއެކު( ބަކަރީގެ ފިރިހެން ވައްތަރު) ޖިންސީ ގުޅުން ހިންގާފަ އެވެ.