16 Jun 2011, 14:57
އާޓިފިޝަލް ބީޗް ސަރަހައްދާއި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދާއި އަދި ވިލިގިލީ ސަރަހައްދުގައި ހުރި ކެފޭތަކާއި ރެސްޓޯރެންޓްތައް އަލުން ބީލަމަށް ލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ގިނަ ބަޔަކު ޒިޔާރަތް ކުރާ އެ ކެފޭތަކާއި ރެސްޓޯރެންޓްތައް އަލުން ބީލަމަށް ލުމަށް ސިޓީ ކައުންސިލް އިން ނިންމި ނިންމުމާ ގުޅޭ ގޮތުން އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ނޯޓިސް ދޭން ޖެހޭ ތަންތަނަށް ނޯޓިސްދީ އެ ބިންތައް އަލުން ބީލަމަށް ލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބިޑް ކޮމެޓީއެއް އުފައްދައި އެ ކޮމެޓީން ކުރާ ކަމަށެވެ.
"އެ ސަރަހައްދުތަކުގައި ހުރި ފުޑް ކޯޓުތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަންތަނާއި މުއްދަތު ހަމަވާން ކައިރިވެފައިވާ ތަންތަން އަދި މިހާރު މިހެން ހުރި ހުރިހާ ތަނެއް އަލުން ރީ ބިޑަށް ލުމަށް 15 ޖޫން 2011 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 20 ވަނަ ޖަލްސާ އިން އިއްތިފާގުން ފާސްވި އެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ބިޑް ކޮމެޓީން ބިންތައް އަލުން ބީލަމަށް ލުމުގެ މަސައްކަތް ނިންމައި އެއް ހަފްތާ ތެރޭގައި އެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.