އެއްބަނޑު ކޮއްކޮއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަން ސާބިތުވެ ގއ. ކަނޑުހުޅުދޫ މީހަކު 20 އަހަރަށް ޖަލަށް ލާން ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

އެނގިފައިވާ ގޮތުން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަން ސާބިތު 20 އަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ ލިލީގެ، ނަސްރުﷲ އިސްމާއިލް، 19، އެވެ.

މިހާރު އޭނާ ހުރީ ގއ. ވިލިގިލީގައި ފުލުހުންގެ ބެލުމުގެ ދަށުގައިކަން ވެސް ވަނީ އެނގިފަ އެވެ.