29 Nov 2016, 15:16
މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންކަމަށް އެ ކުންފުނީގެ ބޯޑު މެމްބަރު އަލީ ނިޝާން ހަމަޖައްސައިފި އެވެ.
އެމްޓީޑީސީގެ ޗެއާޕާސަން ކަމުގައި 2014 ވަނަ އަހަރުން ފެށިގެން ހުންނެވީ އިބްތިޝާމާ އަހްމަދު ސައީދެވެ. އެހެން ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ، ނޮވެމްބަރު ހަތް ވަނަ ދުވަހު އިބްތިޝާމާ، އެކުންފުނީގެ ޗެއާޕާސަންކަމުންނާއި ބޯޑުން ވަކިކޮށްފަ އެވެ.
އެމްޓީޑީސީ އިން މިހަފްތާގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ނޮވެމްބަރު 22 ވަނަ ދުވަހު، ޕްރައިވަޓައިޒޭޝަން ބޯޑުން އެމްޓީޑީސީގެ ޗެއާޕާސަން ކަމަށް އަލީ ނިޝާން ހަމަޖައްސަވާފައިވާ ކަމަށެވެ.
އެމްޓީޑީސީގެ ބޯޑަށް ނިޝާން އައްޔަނު ކުރީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
ނިޝާން މީގެ ކުރިން ވަނީ، ފެލިވަރު ފިޝަރީސް ލިމިޓެޑްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންފަ އެވެ.