Last Updated: 9 year 12 month ago
Last Updated:
9 year 12 month ago
ޓީސީ ބަލިކޮށް، އީގަލްސްއިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ އެ މެޗަށް ދެ ޓީމު ނުކުންނަ އިރު:
މި އަހަރު ފެނިގެންދާނީ ޕްރެޒިޑެންޓްސް ކަޕްގެ މުޅިން އާ ޗެމްޕިއަނެއް.
- މިއީ ޓީސީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަކަށް ނުކުންނަ ފުރަތަމަ ފަހަރު.
- މިއީ މި އަހަރު ޓީސީ ކުޅޭ ދެ ވަނަ ފައިނަލް. މި އަހަރުގެ އެފްއޭ ކަޕްގައި ފައިނަލުގައި ވާދަކޮށް، ޓީސީ ބަލިވެފައި ވަނީ ކްލަބު ވެލެންސިއާ އަތުން.
- އީގަލްސް އިން ވަނީ ކުރިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލެއް ކުޅެފައި. 2014 ވަނަ އަހަރުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން އީގަލްސް ބަލިވީ 1-0 ލަނޑުން.
- އީގަލްސް އާއި ޓީސީގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ.
- ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެގެން.
- ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވެގެން.
ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އީގަލްސް އަށް ތަށި ހަވާލުކޮށްދެއްވީ ރައީސް ޔާމީން.
މުބާރާތުގެ ޗެމްޕިއަން އީގަލްސްއަށް މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް.
ޕްރެޒިޑެންޓްސް ކަޕްގެ ރަނަރަޕް ޓީސީއަށް މެޑަލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.
މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަނުންނަކީ ކްލަބު އީގަލްސް. މިއީ އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރު.
އިތުރުވަގުތު ދެވަނަ ހާފު ނިމިއްޖެ.
އީގަލްސް އިން ބަދަލެއް. ސެޑިކްގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ސިފާއު ޔޫސުފް.
"118- ބޯޅަނެތިސް ގަސްތުގައި މުޖުތާޒަށް ހަމަލާ ދިނުމުން ޔާމްބެ އަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފި.
"113- އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއްނުވި.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. 1-0 ލަނޑުން ކުރީގައި އޮތީ އީގަލްސް.
"98-އީގަލްސް އަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް.ޓީސީގެ ޕެނަލްޓީ އޭރިޔާ ހުސްކޮށް ހުރެ، އައިސަމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
އީގަލްސް އިން ބަދަލެއް. ރިޒުވާންގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް އައިސަމް.
"94- އީގަލްސްގެ ހާފްގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޓީސީގެ ފައްރާހު އަށް ރީނދޫ ކާޑެއް ދައްކައިފި.
ޓީސީން ބަދަލެއް. އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ޔާމިން އިބްރާހިމް (ޔާމްބެ).
އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުވާން. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން.
"91- އީގަލްސް އިން ލަނޑު ޖަހައި ލީޑު ހޯދައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފް ފަށައިފި.
ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. ދެވަނަ ހާފު ނިމުނު އިރު ވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ދެން ކުޅެވޭނީ އިތުރު ވަގުތުގެ ދެ ހާފް.
"90-އީގަލްސް އަށް ފުރުސަތެއް.ސެޑިކް ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ސަމީހު އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓް.
ހިލޭ ޖެހުމުން ސެޑިކް އުފެއްދި ހަމަލާ ޓީސީގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ވަނީ ބްލޮކްވެފައި.
"87- ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެޑިކް އަށް ލިލީ ކުރި ފައުލަކާ ގުޅިގެން އީގަލްސް އަށް ހިލޭ ޖެހުމެއް.
"83- އީގަލްސްގެ ހާފްގެ ތެރެއިން ރާއިފް އަށް ކުރި ފައުލަކާ ގުޅިގެން ސެންޓޭ އަށް ރީނދޫ ކާޑެއް ދައްކައިފި.
"74- ޓީސީ އަށް ލިބުނު ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ރިލްވާން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.
"70- ކައުންޓާ އެޓޭކެއްގައި ރިޒުވާން ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެޑިން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި. ކީޕަރު އިމްރާން ކުރިއަށް ނުކުމެ ހުރުމުން ސެޑިކް މަސައްކަތްކުރީ އިމްރާން ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށް.
"66- ޓީސީން ބަދަލެއް. ނިޒާމްބެގެ ބަދަލުގައި ކުޅެން ނުކުތީ ޝަމްވީލް ގާސިމް (ބޮންޑާ).
"62-އީގަލްސް އަށް ރަނގަޅު ފުރުސަތެއް.އިމްރާން ނާޝިދު ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެޑިކް އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވޭ.
"59- އީގަލްސް އިން ބަދަލެއް. ނައުފަލްގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހްމަދު.
މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަނޑަށް ވަޑައިގެންފި.
ހިލޭ ޖެހުމުން ސެންޓޭ އުފެއްދި ހަަމަލާ، އީގަލްސްގެ ވޯލްގައި ހުރި ސަމީހު ގައިގައި ޖެހިފައި ބްލޮކްވެއްޖެ.
"55- އީގަލްސްގެ ޕެނަލްޓީ އޭޭރިޔާ ބޭރުން ސެންޓޭ އަށް ކުރި ފައުލަކާ ގުޅިގެން ނައުފަލް އަށް ރީނދޫ ކާޑެއް ދައްކައި، ޓީސީ އަށް ހިލޭ ޖެހުމެއް ދީފި.
"51- ޝިފާން ކައިރިން ނައްޓާލުމަށްފަހު، އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އިއްބެ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
"49- އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިޒާމްބެ އުފެއްދި ހަމަލާގައި ނުރައްކަލެއް ނެތް. އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.
"42- ނައުފަލް ދިން ބޯޅައިގެ ބޭނުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިޒުވާނަށް ހިފޭގޮތެއް ނުވި. ނައުފަލް ބޯޅަ ދިން އިރު، ރިޒުވާން ހުރީ އެ ބޯޅައަށް ރަނގަޅަށް ނުވިސްނާ.
"30- ދާދު ނަގައިދިން ކޯނަރުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އިއްބެ ބޮލުން އުފެއްދި ހަމަލާ އީގަލްސް ޑިފެންޑަރެއް ގައިގައި ޖެހިފައި ދިޔައީ ބޭރަށް.
"27- ރިޒުވާން ދިން ބޯޅަ ނައުފަލަށް ލިބުމުގެ ކުރިން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު އިމްރާން އެ ބޯޅަ ހޯދައިފި.
މިއަދު އީގަލްސް އިން ނެރުނު ފުރަތަމަ 11ގައި މިދިޔަ ސީޒަނުގައި ޓީސީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ޒާދު ހިމެނޭ. އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް)އަށް ލިބުނު އަނިޔާއަށްފަހު، ޒާދު ފެންނަމުންދަނީ އެ ޓީމުގެ ޑިފެންސް ލައިނުން.
އީގަލްސްގެ ގޯލު ބަލަހައްޓަމުންދަނީ މިދިޔަ ސީޒަނުގައި އަދި މިސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ލަންކާ ގައުމީ ޓީމުގެ ކީޕަރު އަދި އެ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން މި އަހަރުގެ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ލިބިފައި ވަނީ ސުޖަން އަށް. ޓީސީގެ ގޯލު ބަލަހައްޓަމުން ދަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކީޕަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުހައްމަދު އިމްރާން.
"18- އީގަލްސް އަށް ލިބުނު ހިލޭ ޖެހުމަކުން ޓީސީގެ ހާފްގެ މެދެއްހާ ހިސާބުން ރިޒުވާން އުފެއްދި ހަމަލާ، އަމާޒުވީ ކީޕަރު އިމްރާންއާ ދިމާލަށް.
ހިލޭ ޖެހުމުން ސެންޓޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއްނުވި.
"15- އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ އަށް މަހްމޫދު ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދައްކައި، ޓީސީ އަށް ހިލޭ ޖެހުމެއް ދީފި.
8" އިއްބެ ދިން ބޯޅަ އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ ރިލްވާނަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭގޮތެއް ނުވި.
މެޗުގެ ފުރަތަމަ ފަސް މިނެޓްގެ ކުޅުން ނިމުނު އިރު، ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ އީގަލްސް އިން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޓީސީން.
ޓީސީގެ ފުރަތަމަ 11:
މުހައްމަދު އިމްރާން – ގޯލްކީޕަރު
- ކުޑުސް ކެލާނީ
- އަހްމަދު އަބްދުﷲ (ލިލީ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު އައްޒާމް – ކެޕްޓަން
- އަހްމަދު ފައްރާހު
- އަހްމަދު ނިޒާމް (ނިޒާމްބެ)
- ނާއިޒް ހަސަން (ދާދު)
- އަހްމަދު ރިލްވާން
- މުހައްމަދު އިންޝާދު
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
އީގަލްސްގެ ފުރަތަމަ 11:
ސުޖަން ޕެރޭރާ – ގޯލްކީޕަރު
- ޝިފާން ހަސަން
- އިމްރާން ނަޝީދު – ކެޕްޓަން
- އަބްދުﷲ ސަމީހު މޫސާ
- ރިސްޓޭ ނައުމޯވް
- އަހްމަދު ރިޒްވާން
- މުޖުތާޒް މުހައްމަދު
- އަހްމަދު ނައުފަލް
- މުހައްމަދު ސެޑިކް
- އަހްމަދު ޒާދު
- އެލްހުސިނީ މަހްމޫދު
ދެ ޓީމުގެ ކުޅުންތެރިންނާ ވެސް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ސަލާމް ކުރައްވައިފި.