ސައޮ ޕައުލޯ (ނޮވެމްބަރު 29): އަށްޑިހައެއް މީހުންނާއެކު ދަތުރު ކުރި ފްލައިޓެއް ކޮލަމްބިއާގެ މެޑެލިން ސިޓީ ކައިރިއަށް ވެއްޓިއްޖެ އެވެ.

އެއާޕޯޓު އޮފިޝަލުން ބުނި ގޮތުގައި ބޮލީވިއާއިން ދަތުރު ފެށި އެފްލައިޓުގައި ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ޓީމުގެ މެމްބަރުން ހިމެނެ އެވެ. އެޓީމު ކޮލަމްބިއާ އަށް ދިޔައީ ސައުތް އެމެރިކާގެ ދެވަނަ އަށް އެންމެ މުހިއްމު މުބާރާތް ކޮމްޕެޓިޝަންގެ ފައިނަލުގައި އެތްލެޓިކޯ ނޭޝަނަލްއާ ދެކޮޅަށް ކުޅެން ކަމަށް އޮފިޝަލުން ބުންޏެވެ. އެމެޗު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

މެޑެލިންގެ މޭޔަރު ފެޑެރިކޯ ގުޓިއަރޭޒް ވަނީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ނަމަވެސް އެހާދިސާގައި ބައެއް މީހުން ސަލާމަތްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފްލައިޓު ވެއްޓުނު ފަރުބަދަމަތީ ސަރަހައްދަށް މިހާރު މީހުން ސަލާމަތްކުރާ ފަރާތްތަކާއި އެމްބިއުލާންސުތައް ދާ ކަމަށް ގުޓިއަރޭޒް ވިދާޅުވި އެވެ.

ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބުން އަދި ހޯދިފައި ނުވާ އިރު އެސަރަހައްދުގެ މޫސުން އޮތީ ވަރަށް ގޯސްކޮށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.