މއ ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ގުދަނެއްގައި އަލިފާން ރޯވެ އަނދަމުންދާއިރު ގުދަން ހުރީ އިނޝޫއަރެންސް ކޮށްފައި ކަމަށް ބްރަދަހުޑް ގުރޫޕުން ބުނެފި އެވެ.

މިހާރު ރޯވެ އަނަދަމުންދާ ހަތަރު ބުރީގެ އިމާރާތުގެ ގުދަން ވަނީ އަނދާ ހުލިވެ ބިމާ ހަމަވެފަ އެވެ.

ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރު އާޒިމް 'ސަން' އަށް ވިދާޅުވީ ގުދަން ހުންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ބުނެދޭން ނޭންގޭ ކަަމަށް އާޒިމް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާ، ކޮސްމެޓިކްސް ހުރި އެ ގުދަނުގެ ހަތަރު އިމާރާތުގައިވެސް މުދާ ހުރިކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ގުދަނުގައި ރޯވިއިރު ތަނުގައި މީހަކު ހުރި ކަމެއް ނުވަތަ ނެތް ކަމެއްވެސް ބުނަން ނޭނގޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފުން މިހާރު ދަނީ އަލިފާން ނިވާ ފޯމު ޖަހަމުންނެވެ. ރޯވި އަލިފާންގަނޑުގެ އަސަރު އެސަރަހައްދުގެ ގެތަކަށްވެސް ވަނީ ކޮށްފަ އެވެ.