Alifaan control nukurevi, gudhan andhai hulivejje
Alifaan control nukurevi, gudhan andhai hulivejje

Last Updated:
9 year 12 month ago

އަލިފާން ކޮންޓްރޯލް ނުކުރެވި، ގުދަން އަނދައި ހުލިވެއްޖެ

  • ގުދަން ހުރީ އިންޝުއަރެންސްކޮށްފައި
  • ގުދަނުގައި ހުރީ އިލެކްޓްރޯނިކް ސާމާނާއި ކޮސްމެޓިކްސް
  • ގުދަނުގެ ހަތަރު ބުރީގައި ވެސް ހުރީ މުދާ
ބުލޮގު ޚުލާސާ

ދިލްބަހާރު މަގުން އަދި މއ. ކާމިނީ ކޮމްޕްލެކް ފުރަގަހުގައި ހުންނަ ގުދަނެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

Alifaan control nukurevi, gudhan andhai hulivejje
Alifaan control nukurevi, gudhan andhai hulivejje

އަލިފާން ރޯވެފައި ވަނީ މއ. ކަފިދޫގައި ހިންގާ ގުދަނެއްގައި.

13:55ފާތިމަތު ސައީދު

މިއަދު މެންދުރު 12:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި ބްރަދާހޫޑް ގުދަނުގައި ރޯވި އަލިފާންގަނޑު ސިފައިންނަށް ކޮންޓްރޯލް ނުވެ އުޅެނިކޮށް، ގުދަން އަނދައި ހުލިވެއްޖެ.

ނަމަވެސް ފުލުހުންނާއި ސިފައިންގެ މަސައްކަތުން ވަނީ އެ އަލިފާންގަނޑު ޖެހިގެން ހުރި ގެތަކަށް ނުފެތުރޭނެ ގޮތް ހަދާފަ. އެ ހާދިސާގައި ހަތަރު ގެއަކަަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި.

13:31

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެފައިވޭ. އޭނާގެ ހަށިގަނޑަށް ކޮންމެ ވެސް ވަރެއްގެ ޒަހަމްތަކެއްވި.

މއ ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ --- ސަން ފޮޓޯ މުހައްމަދު ސިމާއު
13:29ފާތިމަތު ސައީދު

ބްރަދަހުޑް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އާޒިމް 'ސަން' އަށް ވިދާޅުވީ ރޯވި ގުދަނުގައި ހުންނާނީ އިލެކްޓްރޯނިކް ސާމާނާ، ކޮސްމެޓިކްސް ސާމާނު ކަމަށެވެ. ރޯވި ގުދަން ހުރި އިމާރާތަކީ ހަތަރު ބުރީގެ އިމާރާތެއް ކަމަށްވެސް އާޒިމް ވިދާޅުވި

ގުދަނުގެ ހަތަރު ފްލޯގައިވެސް މުދާ ހުންނާނެ ކަމަށާއި، ރޯވި އިރު ތަނުގައި މީހުން ތިބިކަން ނުވަތަ ނެތްކަންވެސް ނޭންގޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރޯވާން ދިމާވި ސަބަބު ބުނެދޭން ނޭންގޭ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. ގުދަން ހުރީ އިންޝުއަރެންސް ކޮށްފައިކަން އާޒިމް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

13:28

އަލިފާން ރޯވި ގުދަނާ ޖެހިގެން ހުރި އިމާރާތްތަކުގައި ހުރި ގެތަކުން ބައެއް ތަކެތި ދަނީ ނެރެމުން، އޭގެތެރޭގައި ތެޔޮ ފީފާވެސް ހިމެނޭ

އަލިފާން ހިފާޒާތުގެ ހުރިހާއެއްޗެއް ދަނީ ނެރެމުން.

ކައިރީގައި ހުރި ގެތަކުން ކަރަންޓު ކަނޑާލުމަށް ފުލުހުންނާއި ސިފައިން ވަނީ އަންގާފައި

13:21

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަލިފާން ރޯވި މއ. ކަފިދޫގެ ފަސް ބުރީގެ ގުދަނާ އިންވެގެން ހުރި ހަތަރު ގެއަކަށް އަލިފާނުގެ އަސަރު ކުރަމުންދާ ކަމަށާއި ފުލުހުންނާއި ސިފައިން އަވަދިނެތި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.

13:16

އަލިފާން ރޯވެފައިވާ ގުދަނަކީ ބްރަދާހޫޑް ގްރޫޕުގެ ގުދަނެއް.

13:12

އަލިފާން ރޯވި ގުދަނަކީ ޓިނުން ހަދާފައިވާ ތަނަކަށްވުމުން، އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބެއް ނުވޭ.

13:11

ރޯވި ގުދަނުގައި ހުރީ ބައެއް ކޮސްމެޓިކްސް ކަމަށް މައުލޫމާތު ލިބޭ . އަލިފާންގަނޑު ފެތުރު ސަރަހައްދު އެހެން ބައެއް ގޭގެއަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައި

13:10

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ޖަމާ ނުވުމަށް ސިފައިންނާއި ފުލުހުން ދަނީ އިލްތިމާސް ކުރަން

މއ ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ ---
13:10ފާތިމަތު ސައީދު

ގުދަން ހުރި ސަރަހައްދަކީ ކައިރި ކައިރީގައި ގެތަކެއް ހުރި ސަރަހައްދެއް

މއ ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ ---
13:09

އެމްއެންޑީއެފުން ފެންޖެހުމުގެ މަސައްކަތް ދަނީ ކުރަމުން، ރޯވި އިމާރާތް މިހާރު ބިމާ ވަނީ ހަމަވެފައި. ގުދަނުގެ އެތެރޭގައި އެއްޗިހިތަކެއް ގޮވާ އަޑުއިވޭ ކަމަށް ސަރަހައްދުގައި ތިބި ސަންގެ ރިޕޯޓަރުން މައުލޫމާތު ދޭ

13:09މުހައްމަދު ސިމާއު

އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ