28 Nov 2016, 08:57
ދުނިޔޭގެ ފަސް ވަނަ އަށް އެންމެ ރީތި ފިރިހެނަކަށް ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ހޮވިއްޖެ އެވެ.
ރިތިކް އަށް ދުނިޔޭގެ ރީތި ފިރިހެނުންގެ ލިސްޓުން ފަސް ވަނަ ލިބުނު ީވޯލްޑްސްޓޮޕްމޯސްޓް ޑޮޓް ކޮމްއިން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލް އެއްގައި ގިނަ އަދަދެއްގެ މަޝްހޫރު ހޮލީވުޑް ފަންނާނުން ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އޭގެ ތެރޭގައި ބްރެޑް ޕިޓް، ޓޮމް ކްރޫޒް، ޖޮނީ ޑެޕް ފަދަ ފަންނާނުން ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ރީތި 10 ފިރިހެނުންގެ ލިސްޓުގެ އެއްވަނަ ހޯދާފައި ވަނީ 'ޓުވައިލައިޓް'ގެ ބަތަލު ރޮބާޓް ޕެޓިންސަން އެވެ. ދެވަނަ ލިބެނީ އިއާން ސަމަހޯލްޑާ އެވެ.

ތިން ވަނާގައި ނޯއާ މިލްސް އޮތް އިރު، ހަތަރު ވަނަ ލިބެނީ ޕްރިންސް ވިލިއަމް އަށެވެ. ރިތިކަށް ފަސް ވަނަ ލިބުނު އިރު، ހަ ވަނައިގައި އޮތީ ކްރިސް އީވާންސް އެވެ. ލިސްޓުގެ ހަތް ވަނަ ލިބެނީ ކެނެޑާގެ އެކްޓަރު އަދި މޮޑެލް ގޮޑްޕްރޭ ގާއޯ އަށެވެ. ދުނިޔޭގެ އަށް ވަނަ އަށް އެންމެ ރީތި ފިރިހެނަކަށް ވަން ޑައިރެކްޝަންގެ ނަޔާލް ހޯރެން ހޮވުނު އިރު، ނުވަ ވަނަ ލިބުނީ އިރާޤަށް އުފަން މޮޑެލް އޮމަރު ބޮރްކަން އަލް ގަލާ އަށެވެ.
ލިސްޓުގެ ދިހަ ވަނަ އަށް ހޮވިފައި ވަނީ ޓޮމް ހިޑްލްސްޓަން އެވެ.