Back
Nov 23, 2025 SUN
SUN

ޝްރައްދާ 'ގޯލްމާލް' ކުޅެން ބޭނުން ނުވީ ހުށަހެޅި އަގު ކުޑަވެގެން؟!

ޝްރައްދާ 'ގޯލްމާލް' ކުޅެން ބޭނުން ނުވީ ހުށަހެޅި އަގު ކުޑަވެގެން؟!
Lead photo

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް 4"ގެ ލީޑު ރޯލު ފުރަތަމަ ހުށަހެޅީ އުންމީދީ ބަތަލާ ޝްރައްދާ ކަޕޫރު އަށެވެ. ނަމަވެސް ޝްރައްދާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. އެއާއެކު ރޯޖިތު ޝެޓީ މިހާރު ވަނީ ފިލްމުގެ އަންހެން ބަތަލަކަށް ޕަރިނީތީ ޗޯޕްޅާ ހަމަޖައްސައިފަ އެވެ.

ޝްރައްދާ ފިލްމު ދޫކޮށްލީ ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު ހާމަވެފައިވާ ގޮތުގައި ޝްރައްދާ ފިލްމަށް ނޫނެކޭ ބުނީ އޭނާ އަށް ހުށަހެޅި އަގު ކުޑަކަމަށް ބުނެ އެވެ.

'ގޯލްމާލް 4' ކުޅެދިނުމަށް ޝްރައްދާ އަށް އެއް ކުރޯޑު ރުޕީޒް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ޝްރައްދާ ވަނީ އެ އަގު ކުޑަ ކަމަށް ބުނެ، ފީ ބޮޑުކުރުމަށް ބުނެފަ އެވެ. އެގޮތުން ޝްރައްދާ ހުށަހެޅި އަގަކީ 1.5 ކުރޯޑު ރުޕީޒް އެވެ. އަދި ނިންމުން ބަދަލު ކުރުމަށް ރޯހިތު ޝެޓީ އާއި އަޖޭ ދޭވްގަން އަށް ޝްރައްދާ ވަނީ އެއް ދުވަހުގެ މުއްދަތެއް ވެސް ދީފަ އެވެ.

ޝްރައްދާގެ އެ އެޓިޓިއުޑް ރޯހިތު އަދި އަޖޭ އަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އެންމެ ފަހުން ރޯހިތު ވަނީ ޝްރައްދާގެ ބަދަލުގައި ފިލްމުގެ ލީޑު ރޯލަށް އެހެން ފަންނާނަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

އަޖޭ ދޭވްގަންއާ އެކު ކާމިޔާބު ފިލްމެއް ކުޅުމަށް ލިބުނު ފުރުސަތު ޝްރައްދާ ނަގާލި ކަމުގައިވީ ނަމަވެސް، ޕަރިނީތީ ވަނީ ލިބުނު ފުރުސަތު ބޭނުންކޮށްފަ އެވެ.

ޕަރިނީތީގެ 'މޭރީ ޕިޔާރީ ބިންދޫ' ރިލީޒް ވާން ތައްޔާރުވަމުން އަންނަ އިރު، ޕަރިނީތީ ކެމެރާ ކުރިމަތިން ނުފެންނަތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ކޮމެޑީ ސީރީޒް ގޯލްމާލްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ. އެހެން ފިލްމުތަކާ އެއްގޮތަށް ކުރިއަށް އޮތް ފިލްމުގެ ވެސް ފިރިހެން ލީޑުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ.

"ގޯލްމާލް 4"ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics