އެސްޓާސްގެއޮންލައިން ފިހާރަމެދުވެރިކޮށް 50 ޕަސެންޓު ޑިސްކައުންޓާ އެކު ދެ ވައްތަރެއްގެ ސޯފާ ބެޑު ވިއްކާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓު ދެނީ އެމްއެލްއެމް ބްރޭންޑުގެ ސޯފާ ބެޑަށެވެ. އެގޮތުން އެ ބްރޭންޑުގެ ދެ މޮޑަލެއްގެ ސޯފާ ބެޑެއް އެ ޕްރޮމޯޝަނުގައި ޑިސްކައުންޓާ އެކު ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

ޕްރޮމޯޝަނުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވާ އިރު މިހާރު ޕްރޮމޯޝަންގެ މުއްދަތުގައި ބާކީ އޮތީ ދެ ދުވަހެވެ.

އެސްޓާސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮފީސް ފަރުނީޗަރާއި ހައުސް ހޯލްޑް ފަރުނީޗަރު ވިއްކާ އެއް ކުންފުންޏެވެ. އެކުންފުނިން އޮންލައިން ފިހާރައެއް ހުޅުވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ބޭނުންވާ އައިޓެމެއް ގަތުމުގެ ފުރުސަތު ފަހި ކޮށްދީގެން ތައާރަފްކުރި އޮންލައިން ފިހާރައިގެ ޚިދުމަތް މެދުވެރިކޮށް، ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

މި ޚިދުމަތާ އެކު އެސްޓާސް އިން ވަނީ ފްރީ ޑެލިވަރީގެ ޚިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން މާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން އެކުންފުނީގެ އޮންލައިން ފިހާރަ މެދުވެރިކޮށް 100 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ފްރީ ޑެލިވަރީގެ ޚިދުމަތް ދޭން ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ޑެލިވަރީ ކޮށްދެނީ 150 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެންނެވެ.

ފްރީ ޑެލިވަރީގެ ޚިދުމަތުގެ ދަށުން، ތަކެތި ޑެލިވަރީ ވުމުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އެސްޓާސްއިން ވަނީ ހަމަޖައްސާފަ އެވެ.

އެސްޓާސްގެއޮންލައިން ފިހާރައިން ވިޔަފާރި ކުރެވޭ "އެސްޓާސް ކާޓް" މޯބައިލް އެޕް މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.