މެލޭޝިޔާގެ އަލްފާ ކޮލެޖުން ރާއްޖެއަށް ސްކޮލަޝިޕްތަކެއް ދީފިއެވެ. އެ ކޮލެޖުން ރާއްޖެއަށް ދިން ސްކޮލަޝިޕްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުން އޮތީ މިއަދު ހެނދުނު ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަލަފާއިން ދީފައި ވަނީ ތިން މިލިޔަން ރުފިޔާ ސްކޮލާޝިޕްތަކެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސްކޮލަޝިޕްތައް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާ ހަވާލުކޮށް ދެއްވީ އަލްފާ ކޮލެޖްގެ ސީއީއޯ ސިންކުއެން ސެން އެވެ.

ސިންކްއެންސެން ދެއްކެވި ވާހަކަފުޅުގައި އަލްފާ ކޮލެޖްގައި ކިޔެވުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އަލި އަޅުވައިލެއްވެވި އެވެ. އަދި ވިދާޅުވީ ރާއްޖެއިން އޭނާއަށް ކީ ހޫނު މަރުހަބާއަށްޓަކައި ޝުކުރުއަދާކުރާ ކަމަށެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަލިމަނިކު ވިދާޅުވީ އަލްފާ ކޮލެޖުން ދިން ސްކޮލަޝިޕްތައް ލިބޭނީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ކަމަށެވެ.