27 Nov 2016, 12:50
ޓްރާންސްޕޯޓު އޮތޯރިޓީން އެކުލަވާލާފައިވާ ާ އެއްގޮތަށް އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ އޮތޯރިޓީން އިއުލާން ކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއިން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ސައިކަލުގައި ޓެކްސީކުރުމުގެ ގަވާއިދާ އެއްގޮތަށް މާލޭ ސިޓީގައި ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ހުއްދަ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ އޮތޯރިޓީއިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު އެއްވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ސައިކަލު ޓެކްސީ ކުރުމުގެ ހުއްދަ މިހާރުވެސް ވަނީ ދެ ކުންފުންޏަކަށް ދީފައެވެ. އެއީ ރައިޑް މޯލްޑިވްސް އަދި ވީލް އެމްވީއެވެ.
އެހެން ނަމަވެސް، ސައިކަލު ޓެކްސީ ކުރުމުގެ ގަވައދު މިހާރު އޮތް ގޮތުން އެ ހިދުމަތް ފަށަން އިކޮނަމިކް މިނިސްޓްރީން ބޭނުންވާ މުއްދަތުގައި އެކަން ފެށުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައިޑް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ބުނެފައި ވަނީ ސައިކަލް ޓެކްސީގެ ގަވާއިދު މިހާރު އޮތް ގޮތުން އެ ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މުސްތަގްބަލުގައި ސަރުކާރުން މި ގަވާއިދަށް ބަދަލު ގެނެސް އަޅުގަނޑުމެންގެ ޑްރައިވަރުންނާއި މި ހިދުމަތް ބޭނުންކުރާނެ ފަސިންޖަރުންގެ ރައްކާތެރިކަން ޔަގީންވެއްޖެނަމަ މި ހިދުމަތް ފަށަން މި ކުންފިން ތައްޔާރަށް އޮތްކަން ފާހަގަ ކުރަމެވެ. އަދި މި ގަވާއިދަށް ގެންނަންޖެހޭ ބަދަކޔތައް ގެނައުމަށް ސަރުކާރާ އެކު މަސައްކަތް ކުރުމަށް މި ކުންފުނިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އަރުވަމެވެ."