ރާމް ގޯޕާލް ވަރްމާގެ ފިލްމް 'ސަރްކާރް 3' އަންނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.

ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

'ސަރްކާރް 3' އަކީ ރާމް ގޯޕާލް ވަރްމާ ޑައިރެކްޓު ކުރާ 'ސަރްކާރް' ސީރީޒްގެ ތިން ވަނަ ފިލްމެވެ. އެ ފިލްމި ރިލީޒް ކުރާނީ ވަރުން ދަވަން އަދި އާލިއާ ބަޓްގެ 'ބަދްރިނާތު ކީ ދުލްހަނިޔާ' ރިލީޒް ކުރާތާ ހަފްތާ އެއް ފަހުންނެވެ.

'ސަރްކާރް 3' ގެ ލީޑު ރޯލުން ފެނިގެން ދާނީ އާމީތާބު ބައްޗަން އެވެ. އެ ފިލްމުގައި އަމީތާބުގެ އިތުރުން ދެން މުހިންމު ރޯލު ތަކުން ދެން ފެނިގެން ދާނީ މަނޯޖް ބާޗްޕާއީ، ޖެކީ ޝްރޯފް، ރޮނިތު ރޯއި، އަމިތު ސަދް އަދި ޔަމީ ގޯތަމް އެވެ.

ޔަމީ ގޯތަމް އަދާކުރާނީ އަންނޫ ކަރްކަރޭގެ ރޯލެވެ. އެ ފިލްމުގައި ފެނިގެން ދާނީ ސަރުކާރުގެ ފަރާތުން އަންނޫގެ ބައްޕަ، ގޯވިންދު ދެޝްޕާންޑޭ (މަނޯޖް ބާޗްޕާއީ)ގެ މަރުގެ ބަދަލު ހިފުމަށް އޭނާ ކުރާ މަސައްކަތްތަކެެވެ.