ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ހޮނިހިރު ދުވަހުގެ ރޭ ނިންމާލާފައިވާއިރު އެކްސްޕޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެ އެކްސްޕޯއަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށް ބައެއް ހިދުމަތްތައް ލިބިގަނެފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް އޭޑީކޭ އަދި އައިޖީއެމްޗުންވެސް ބައިވެރިވި އެ އެކްްސްޕޯގައި ހެލްތު މިނިސްޓްރީންވެސް ވަނީ ބައިވެރިވެ އާންމުންނަށް މައުލޫމާތު ހިއްސާ ކޮށްފައެވެ.

26 ނޮވެމްބަރ 2016: ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހެލްތް އެންޑް މެޑިކަލް އެކްސްޕޯ ނިންމުން-- ސަން ފޮޓޯ/ އަފްރާހް

ހެލްތް މިނިސްޓްރީގެ ސްޓޯލުން މީހުންގެ ބްލަޑް ޕްރެޝަރު ބެލުމާއި، ބަރުދަން ބެލުމާއި، ސިއްހަތާ ބެހޭ އެކިއެކި މައުލޫމާތު އާންމުންނާ ހިއްސާކޮށްފައިވެ އެވެ. އަައިޖީއެމްއެޗްގެ ސްޓޯލުން އެޕޮއިންޓް މެންޓް ހެއްދުމާއި އެކިއެކި ބަލިތަކާ ބެހޭ މައުލޫމާތު ޑޮކްޓަރުން މެދުވެރިކޮށް އާންމުންނަށް ދިނުން ފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އޭގެ އިތުރުން އެސްޕޯގެ މައި ސްޕޮންސާ އޭޑީކޭ ހޮސްޕިޓަލުން ހިލޭ އަލްޓްރާ ސައުންޑް ސްކޭން ހެދުމުގެ ފުރުސަތާއި، ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

26 ނޮވެމްބަރ 2016: ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހެލްތް އެންޑް މެޑިކަލް އެކްސްޕޯ ނިންމުން-- ސަން ފޮޓޯ/ އަފްރާހް

އެކްސްޕޯ ނިންމާލުމަށް ފަހު އެކްސްޕޯގައި ބައިވެރިވި މީހުންގެ މެދުގައި ވަނީ ގުރުއަތެއް ނަގައި އަގުބޮޑު އިނާމުތަކެއް ދީފައެވެ. އެގޮތުން ޗެއްނާއީއަށް ދެމީހަކަށް ދެކޮޅު ޓިކެޓާއި، އައިޕެޑް ފަދަ އަގުހުރި އިނާމުތަކެއް މީހުންނަށް ލިބިގެންދިޔައެވެ.

އެކްޕޯ އިންތިޒާމު ކުރި އެމްވީ މެޑިކަލްސްއިން ބުނީ އެކްޕޯ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގޮސްފައިވާ ކަމަށާއި، އެހާ ކާމިޔާބު ކަމާއެކު އެކްސްޕޯ ކުރިއަށް ގެންދިއުމުގައި އެހީތެރިވި ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

އެގޮތުން އޭޑީކޭ އަދި އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލްގެ ނަން އެމްވީ މެޑިކަލްސްއިން ފާހަގަކުރި އެވެ. އޭގެ އިތުރުން އޭޑީކޭ ފާމަސިއުޓިކަލް ކޮމްޕެނީ އާއި އެއާލައިން ޕާޓްނާ މޯލްޑިވިއަން އާއިއޮންލައިން މީޑީއާ ޕާޓްނަރު ސަން އޮންލައިންއަދި ސައުންޑް ޕާޓްނަރު ހަބްގެ އިތުރުން ވަރަށްހާއްސަ ޝުކުރެއް އަސަރީ ސާވިސަސްއަށް އެމްވީ މެޑިކަލްސްއިން އަދާކުރި އެވެ.