26 Nov 2016, 16:20
ޕީޕީޖީ ކޯޓިންގްސްއާ ބެހޭ ގޮތުން އޮޑިދޯނިފަހަރު ބަންނަ މީހުންނަށް އަމާޒުކޮށްގެން ގދ. ތިނަދޫގައި ސެމިނާއެއް ބާއްވައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިއްޔެ ބޭއްވި އެ ސެމިނާއަކީ ޕީޕީޖީ ކޯޓިންގްސް އެންމެ ރަނގަޅަށް ބޭނުން ކުރާނެ ގޮތުގެ ފުރިހަމ މައުލޫމާތު އޮޑިވެރިންނާއި އިންޑަސްޓްރިއަލް ސައިޓްތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހިއްސާ ކުރުމަށް ބޭއްވި ސެމިނާއެއް ކަމަށެވެ.
ޕީޕީޖީ ސެމިނާ 2016 ގެ ނަމުގައި ބޭއްވި ސެމިނާގައި ދަވާދުލުމަށް ތައްޔާރު ވާނެ ގޮތާއި، ދަވާދު ލާނެ ގޮތާއި އަދި ދަވާދުލުމުގައި އާއްމުކޮށް ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

ޕީޕީޖީ ކޯޓިންގްސް އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެމިނާގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ
އެ ސެމިނާގެ ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް 5 ލީޓަރުގެ "ސިގްމެރިން 48" ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީީސީސީން ބުނެ އެވެ.
ޕީޕީޖީ މެރިން ކޯޓިން އަކީ އޮޑިދޯނި ފަހަރުތަކުގެ ބޭނުންތައް ފުރިހަމައަށް ދިރާސާކުރުމަށްފަހު ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ފެއްސާއި ގާފޮރިފަދަ ތަކެތިން ރައްކާތެރިކަން ލިބޭގޮތަށް އުފައްދާފައިވާ ދަވާދެކެވެ.
ޕީޕީޖީ އިންޑަސްޓްރިއަލް ކޯޓިން އަކީ ފެކްޓްރީ އައުލެޓްތަކާއި އިންޑަސްޓްރިއަލް ޒޯންތަކުގައި ބޭނުން ކުރާ ޓޭންކްތަކާއި ތަޅުުމުގައި އަދި ދަގަނޑަށް ރައްކާތެރިކަން ލިއްބައި ދޭ ގޮތަށް އުފައްދާފައިވާ ކޯޓިން އެކެވެ.
އެމްޓީސީސީން ވިއްކަމުން ދިޔަ ސިގްމާ މެރިން ކޯޓިންގްސްގެ ނަން ޕީޕީޖީ ޕްރޮޓެކްޓިވް މެރިން އަދި އިންޑަސްޓްރިއަލް ކޯޓިންގްސް އަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގަ އެވެ.