މި މަހުގެ އަށްވަނަ ދުވަހު މާފަންނު ގެއެއްގެ ކޮޓަރިތެރޭގައި ދަންޖެހި، މަރުވާން އުޅެނިކޮށް ފުލުހުން ސަލާމަތްކުރި ބަންގްލަދޭޝްގެ މީހާ ރޭ ފަތިހު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ރޭ ފަތިހު މަރުވެފައިވާ ކަމަށާއި އޭނާ މިހާރު އޮތީ ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ކޮށާރުގައި ކަމަށެވެ.

" އޭނާ މަރުވީ ރޭފަތިހު، މަރުވި ސަބަބެއް އަދި ނޭނގޭ، އެ މައްސަލަ މިދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވިއެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަންޖެހިފައި ހުއްޓާ ފުލުހުން ސަލާމަތްކުރީ ބަނގުލަދޭޝްގެ އުމުރުން 27 އަހަރުގެ މީހެކެވެ.