މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 29 ފަރާތަކުން އެ ކައުންސިލަށް ކުރިމަތިލައިފި އެވެ.

މީޑިއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާއެކެވެ. އެ ކައުންސިލްގެ މެމްބަރުންގެ މަގާމަށް އިންތިހާބު ކުރަނީ މީޑިއާތަކުން ކުރިމަތިލާ ފަރާތްތަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތަކެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވާ މީޑިއާ ކައުންސިލް އިންތިހާބުގައި މީޑިއާތަކުން ހަތް ކެންޑިޑޭޓަކު އިންތިހާބު ކުރާނެ އެވެ. އަދި އާންމުންގެ ތެރެއިން ހަ ކެންޑިޑޭޓަކު އިންތިހާބު ކުރާނެ އެވެ. އާންމުންގެ ތެރެއިން އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅާފައި ވަނީ ހޯމް މިނިސްޓަރެވެ.

މިހާރު ހިނގަމުންދާ މީޑީއާ ކައުންސިލުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ދެ މެމްބަރެއްގެ ދައުރުގެ މުއްދަތު ހަމަނުވާތީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލަ އެވެ. އެހެންކަމުން މީޑިއާ ކައުންސިލަށް އިންތިހާބު ކުރާނީ 13 މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބަށް މީޑީއާތަކުން 17 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 12 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.

މީޑިއާތަކުން ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު:

އަމިއްލަ ގޮތުން ކުރިމަތިލި ފަރާތްތައް:

ޖުމްލަ 29 ފަރާތަކުން މި އިންތިޚާބުގައި ވާދަ ކުރުމަށް ކުރިމަތިލާފައިވާއިރު އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި އެވެ.

ހޯމް މިނިސްޓްރީން ބުނީ އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން އެ ދުވަހުގެ ހަވީރު 4:15 ން 5:15އަށް ކުރިއަށްދާނެ ކަމަށާއި ވޯޓުލުމަށް ރަޖިސްޓްކުރުން މިމަހުގެ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އެ މިނިސްޓްރީގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރުގެ މުއްދަތަކެވެ. އަލަށް އިންތިހާބު ކުރާ މީޑިއާ ކައުންސިލުންގެ މެމްބަރުން ފުރިހަމަ ކުރާނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރެވެ.