ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެމްޕީއެލްގެ މީރު ބަހުރު ބަނދަރުގައި މާދަމާ ރޭ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައި، އެސަރަހައްދުގައި ހަދާފައިވާ ކެފޭ ހުޅުވަން ނިންމައިފިއެވެ.

މީރު ބަހުރު ބަނދަރު ސަރަހައްދުގައި މާދަމާ ރޭ ހުޅުވާ ކެފޭ އަކީ އެމްޕީއެލްގެ ކޯޕަރޭޓިވް ސޮސައިޓީއިން ހެދި ކެފޭ އެކެވެ. އެ ކެފޭ މާދަމާ ރޭ ހުޅުވާއިރު، މިހާރުވެސް އެ ބަނދަރު ސަރަހައްދުގައި އެ ސޮސައިޓީން ފިހަރާއަކާއި ޖޫގޯ ޕޮއިންޓެއް ހިންގައެވެ.

މާދަމާ ރޭ އެ ކުންފުނީގެ ފަރާތުން ބާއްވާ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެ ރަސްމިއްޔާތު ކުރިއަށް ދާނީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާ އެކު ކަމަށް އެކުންފުނިން ބުންޏެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރޭ ޚާއްސަ ރަސްމިއްޔާތެއް އެމްޕީއެލް އިން ބާއްވަން ހަމަޖައްސާފައިވާއިރު، މާދަމާ ހަވީރު މީރު ބަހުރު ބަނދަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.