09 May 2010, 10:13
14:30
ތިން ރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ތިން ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.
މިގޮތުން ޢައްޔަން ކުރެއްވި ތިންބޭފުޅުންނަކީ، ހއ.ވަށަފަރު ކައުންސިލަރުކަމުގެ މަގާމަށް، ވަށަފަރު ހެޕީނައިޓް މުޙަންމަދު އަޒްލީނާއި، ހއ.ތަކަންދޫ ކައުންސިލަރުކަމުގެ މަގާމަށް، ތަކަންދޫ ސޯސަންވިލާ މުޙަންމަދު ޞާދިޤާއި، ނ. މަނަދޫ ކައުންސިލަރުކަމުގެ މަގާމަށް، މަނަދޫ އަސުރުމާގޭ ޢަލީ ރަޝީދެވެ.