15 Jun 2011, 17:24
ސާފުތާހިރުކަން ކުޑަވެގެން ހެންވޭރުގައި ހުންނަ މަރިޔަމް ކެފޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބަންދުކޮށްފި އެވެ.
އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކާބޯތަކެތި ހަދައި ވިއްކާ ތަންތަން އިންސްޕެކްޓް ކުރުމަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މަރިޔަމް ކެފޭ ބަންދުކުރީ އެ އޮތޯރިޓީގެ ގަވާއިދަށް ތަނުގެ ސާފުތާހިރުކަމުގެ ކަންތައްތައް ނުފެތޭތީ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
އެ އޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ސާފުތާހިރުކަން ކުޑަވެގެން މިދިޔަ ހޯމަ ދުވަހު ބަންދުކޮށްފައިވާ ކެފޭ، އަލްފްރެސްކޯ މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ. އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 13 ތަނެއް ބަންދުކޮށްފައިވާ އިރު އޭގެތެރެއިން ހަތް ތަނެއް އަލުން ހުޅުވުމުގެ ހުއްދަ އެ އޮތޯރިޓީން ވަނީ ދީފަ އެވެ.
އެ އޮތޯރިޓީން ބަންދުކުރި މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރެންޓް، ކެފޭތަކުގެ ތެރޭގައި ވެސްޓް ޕާކް، ރައިވެރިޔާ، މިސްޓާ ޗިކޯ، އަދި ހާބަރު އެއްނަމްބަރު ކެފޭ ވެސް ހިމެނެ އެވެ.
ރައްކާތެރި ކާބޯތަކެތި – މިޝިއާރުގެ ދަށުން އެމްއެފްޑީއޭ އިން ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 147 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނ