15 Jun 2011, 15:46
ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ހޮއްވެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ ގާސިމަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި އުޅުއްވަމުން ގާސިމަށް ފޯނުން ގުޅުއްވައި ކަމަށެވެ. އެ ފޯންކޯލްގައި، ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް އެ ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ގާސިމް އިބްރާހިމް ޖޭއެސްސީގެ މެންބަރު ކަމަށް ހޮއްވެވުމަށް ފެންނަމަ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން 38 މެންބަރުންނެވެ.