23 Nov 2016, 08:34
ސުޝާންތު ސިންގް ރާޖްޕުތު އަދި ކްރިތީ ސަނޯންގެ ކުރިއަށް އޮތް ފިލްމު "ރާބްތާ" ރިލީޒް ކުރުން ފަސްކޮށްފިއެވެ.
އެ ފިލްމު ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އަންނަ ޖޫން މަހު ފިލްމު ރިލީޒް ކުރަން މިހާރު ވަނީ ނިންމައިފައެވެ.
ފިލްމު ރިލީޒް ކުރުން ފަސްކުރި ސަބަބު، ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފަ އެއް ނުވެއެވެ.
"ރާބްތާ" އަކީ ދިނޭޝް ވިޖާންގެ ފުރަތަމަ ޑައިރެކްޝަނެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ބުދާޕެސްޓް، ހަންގޭރީ އަދި މޮރިޝަސްގައެވެ. ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާ އިން ފެށިގެން މޮރިޝަސްގައެވެ.
ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭނެއެވެ.
"ރާބްތާ" އަކީ ކްރިތީ އަދި ސުޝާންތު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.