22 Nov 2016, 16:11
ޗައިނާގެ އޮޑިޓާ ޖެނެރަލް އޮފީހުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު "ސަން" އަށް ވިދާޅުވީ، އެ ވަފުދު ރާއްޖެ އައީ މިއަދު ކަމަށާއި އެބޭފުޅުން ހަތަރު ދުވަސް ވަންދެން މާލޭގައި މަޑުކުރައްވާނެ ކަމަށެވެ.
މި ދަތުރުގައި، ރާއްޖޭގެ އޮޑިޓް އޮފީސް ހިނގާ ގޮތް ބަލައި، ދެވެން ހުރި ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަރާތުންވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް އެފަދަ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ އޮޑިޓް އޮފީހުގެ މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލުންގެ ފެންވަރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ދަތުރުގެ މުއްދަތުގައި އެބޭފުޅުން މަސައްކަތް ކުރައްވާނީ ރާއްޖޭގެ އޮޑިޓާ ޖެނެރަލްސް އޮފީހުގައެވެ.