ހދ. ނޭކުރެންދޫގައި އަންހެނަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އުމުރުން 23 އަހަރުގެ އެ އަންހެން މީހާ ގެނބިގެން މަރުވި ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ފިޒާން ސަން އަށް މިއަދު ވިދާޅުވީ އެ އަންހެން މީހާ މަރުވީ އާއިލާގެ މެމްބަރުންނާ އެކު، އެރަށުގައި އާންމުކޮށް ދަތުރުގޮސް އުޅޭ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ކަމަށެވެ.

އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ އަންހެން މީހާ ވަނީ މަރުވެފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.