22 Nov 2016, 11:50
މަކާރާއި ހީލަތުން ނޮކިއާ ބައްތި ފޯނެއް ނަގައިގެން ފިލަން އުޅުނުކަން ސާބިތުވެ ހއ. ހީރަފުށީ، ޒިކުރާ އިލްޔާސް މުހައްމަދު ތިން މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އިލްޔާސްގެ މައްޗަށް މަކަރާ ހީލަތްހެދި ކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ފިހާރައަކަށް ގޮސް ރީލޯޑްކޮށްދޭން ބުނުމުން، ނަމްބަރު ޖަހަން ފިހާރައިގެ ސޭޓު ފޯނު ދިން ވަގުތު ފޯނު ހިފައިގެން ފިލަން އުޅުމުންނެ އެވެ.
އެމައްސަލަ ނިންމައި އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާއަށް އިލްޔާސް އިންކާރުކުރި ނަމަވެސް ހެކިންގެ ހެކިބަހާ ގުޅިފައިވާ ގަރީނާތަކުން އިލްޔާސްގެ މައްޗަށް އެމައްސަލަ ސާބިތުވާ ކަމަށެވެ.
އިލްޔާސް ތިން މަހަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ އާގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.