ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމަށް ދަގެނތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޮވައިފި އެވެ.

އިގްތިސާދީ ކޮމިޓީގެ މުގައްރިރުކަމަށް އިލްހާމް ހޮވާފައި ވަނީ އެ ކޮމިޓީގެ އަގުލަނިއްޔަތުންނެވެ. ކޮމިޓީގެ 11 މެމްބަރުގެ ތެރެއިން އިލްހާމަށް ވޯޓު ނުދެއްވަނީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ތިން މެމްބަރުންނެވެ. އިލްހާމާއެކު އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް ހޮވާފައި ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

އެ ކޮމިޓީގެ މުގައްރިރު ކަމަށް އިލްހާމް ހޮވާފައިވާއިރު މީގެ ކުރިން އެ ކޮމިޓީގެ މުގައްރިރަކަށް ހުރީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް އެވެ.

ނުވަ މެމްބަރުންގެ ވޯޓާ އެކު އިގްތިސާދީ ކޮމެޓީގެ މުގައްރިރު ކަމަށް ވަޑައިގަތް އިލްހާމަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރެވެ.