ލީޑިން ވެލްނެސް އެންޑް ސުޕާ ރިސޯޓުގެ އެވޯޑު އިރުފުއްޓަށް
ލީޑިން ވެލްނެސް އެންޑް ސުޕާ ރިސޯޓުގެ އެވޯޑު އިރުފުއްޓަށް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިންގް ވެލްނެސް އެންޑް ސުޕާ ރިސޯޓުގެ އެވޯޑު ސަން ގްރޫޕުގެ "ސަން ސިޔާމް އިރުފުށި" ރިސޯޓަށް ލިބިއްޖެ އެވެ.

އޮޅުވެލި ބީޗް ރިސޯޓުގައި ރޭ ބޭއްވި މި އެވޯޑު ހަފްލާއަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖޭގައިދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. އިރުފުއްޓަށް މި އެވޯޑު ލިބިފައި ވަނީ އެ ކެޓަގަރީއަށް ނޮމިނޭޓުވި، ދުސިއްތާނީ މޯލްޑިވްސްއާއި އަނަންތާރާ ވެލިއާ ވާދަކޮށްގެންނެވެ.

ލީޑިންގް ވެލްނެސް އެންޑް ސުޕާ ރިސޯޓުގެ އެވޯޑުގެ އިތުރުން ރޭގެ ހަފްލާގައި ސަން ގްރޫޕަށް އިތުރު އެވޯޑެއްވެސް ލިބިފައިވެ އެވެ. އެގޮތުން ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ރިސޯޓްގެ އެވޯޑުވެސް ލިބުނީ ސަން ސިޔާމް ރިސޯޓްސް އަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މިއަހަރު ލިބިވަޑައިގެންނެވީ ސަން ރިސޯޓްސްގެ ޗެއާމަން އެމްޑީ، ޑރ. އަހުމަދު ސިޔާމް އަށެވެ. ރޭގެ ހަފްލާގެ އެންމެ ޝަރަފްވެރި މި އެވޯޑު ސިޔާމް އާ ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

އޮޅުވެލި ރިސޯޓުގައި ރޭ ބޭއްވި އެވޯޑު ހަފްލާގައި، 35 ކެޓަގަރީއަކަށް 246 ފަރާތަކުން ކުރިމަތިލި އެވެ.

އެވޯޑު ކާމިޔާބު ކުރި ރިސޯޓުތައް:

  • ލީޑިން އެއާޕޯޓް ސިޓީ ހޮޓެލް އެވޯޑް - ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)

  • ލީޑިން ބިޒްނަސް ހޮޓެލް - ހޮޓެލް ޖެން
  • ލީޑިން ގެސްޓް ހައުސް އެވޯޑް- ރިވަރީޒް ޑައިވިން ވިލެޖް
  • ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑު - ލީލީ ލައުންޖް
  • ލީޑިން އެފްއެންޑްބީ އައުޓްލެޓް، ބާ/ރެސްޓޯރަންޓުގެ އެވޯޑު - ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
  • ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިން އެވޯޑު - ރިވަރީޒް ޑައިވިން ވިލެޖް
  • ލީޑިން ގެސްޓްހައުސް އައިލެންޑު އެވޯޑު - މާފުށި ކައުންސިލް
  • ލީޑިން ޓްރެވަލް ވެބްސައިޓު - އައިކޮމް ޓުއާސް
  • ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑު - އައިކޮމް ޓުއާސް
  • ލީޑިން ޑޮމެސްޓިކް އެއާލައިން އެވޯޑު - ވިލާ އެއާ ފްލައިމީ
  • ލީޑިން ލޯ ކޯސްޓް ކެރިއާ އެވޯޑު - ފްލައި ދުބާއީ
  • ލީޑިން އިންޓަނޭޝަނަލް އެއާލައިން އެވޯޑު - ސްރީ ލަންކަން އެއާލައިންސް
  • ލީޑިން ބީޗު ރިސޯޓު އެވޯޑު - އަނަންތަރާ ކިހާވަށް ވިލާސް
  • އެންމެ ރޮމޭންޓިކް ރިސޯޓު އެވޯޑު - އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓް
  • ލީޑިން ލަގްޒަރީ ރިސޯޓު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް
  • ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑު - ވެލާ ރިސޯޓް
  • ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓާ އެވޯޑު - އެކްޓިވް ވޯޓާ ސްޕޯޓްސް
  • ލީޑިން ލިވަބޯޑް ބްރޭންޑު އެވޯޑު - ޑިއެމް މޯލްޑިވްސް
  • ލީޑިން ލިވަބޯޑު އެވޯޑު- ވޮޔޭޖަސް ގުރަހަލި
  • ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް/ޗެއިން އެވޯޑު - އަރާމު ސްޕާ
  • ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓު
  • ލީޑިން ލޯކަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑު އެވޯޑު - ބަނޑޮސް އައިލެންޑް ރިސޯޓު
  • ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑު - ބަނޑޮސް އައިލެންޑް ރިސޯޓު
  • ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު - ދަ ސަން ސިޔާމް އިރުފުށި ރިސޯޓު
  • ލީޑިން ސާފް ރިސޯޓުގެ އެވޯޑު - އަަނަންތާރާ ދިގު ރިސޯޓު
  • ލީޑިން ޑައިވް ރިސޯޓު އެވޯޑު - ބަނޑޮސް އައިލެންޑް ރިސޯޓު
  • ލީޑިން އިކޯ ރިސޯޓު އެވޯޑު - ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ލީޑިން އެފްއެންޑްބީ ރިސޯޓު އެވޯޑު - ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓު
  • ލީޑިން ފެމިލީ ރިސޯޓު އެވޯޑު - ބަންޑޮސް އައިލެންޑް ރިސޯޓު
  • ލީޑިން އޯލް އިންކްލޫސިވް ރިސޯޓު އެވޯޑު - ސަންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
  • ލީޑިން ޑިޒައިނާ ރިސޯޓު އެވޯޑު - ވެލާ ޕްރައިވެޓް އައިލެންޑު
  • ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑު - ސޮނޭވާ ފުށި ރިސޯޓު
  • ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓު އެވޯޑު - އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު

ރޭގެ ހަފްލާގައި އެންމެ ގިނަ އެވޯޑު ގެންދިޔައީ ބަންޑޮސް މޯލްޑިވްސް އިންނާއި ކޮންރަޑް މޯލްޑިވްސް އަށެވެ. އެގޮތުން ހަފްލާގެ ހަތަރު އެވޯޑެއް ބަނޑޮސް މޯލްޑިވްސްއަށް ލިބިފައިވެ އެވެ. ކޮންރެޑް މޯލްޑިވްސް ރަންގަލިއަށް ލިބިފައި ވަނީ ތިން އެވޯޑެވެ.

ރޭގެ ހަފްލާ ތައާރަފްކޮށްދެއްވާ ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ޣިޔާސް ވިދާޅުވީ ރާއްޖޭގައި ދޭ ޓްރެވަލް އެވޯޑްސް އަކީ މިހާރު ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގަންނަ އެވޯޑެއް ކަމަށެވެ. އަދި މިފަހަރުގެ އެވޯޑު ހަފްލާ އިތުރަށް ވަރުގަދަ ކުރުމަށް އޮޑިޓް ފާމަކާ އެކު މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.