21 Nov 2016, 08:52
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަންޖޭ ދަތުގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގައެވެ.
ޖަލުން މިނިވަން ވުމަށްފަހު، ސަންޖޭ އަންނަނީ ގިނަ ސްކްރިޕްޓު ތަކެއް ކިޔައި ގިނަ ފިލްމްތަކަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެއްވެސް ފިލްމެއްގެ މަސައްކަތް އަދި ފެށިފަ އެއް ނުވެ އެވެ.
އެހެންކަމުން ސަންޖޭގެ ފިލްމުތަކުގެ މަސައްކަތް ފެށި، މަސައްކަތް އެއްކޮށް ނިމޭނެ ދުވަހެއް ވެސް ބުނަން ދައްޗެވެ.
ނަމަވެސް ޚަބަރުތައް ބުނާގޮތުން ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ' ވެގެންދާނީ ސަންޖޭ އެނބުރި ފިލްމީ ދާއިރާއާ ގުޅޭ ފިލްމަށެވެ.
އެ ފިލްމާ ގުޅޭގޮތުން ސަންޖޭ ބުނީ، ސްކްރިޕްޓުތައް ކިޔަމުން ދިޔަ އިރު އޭނާ ވިސްނީ ވަރަށް ވަރުގަދަ، މޮޅު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކުޅުމަށް ކަމަށެވެ.
ބޫމީ އަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ފިލްމެކެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އޮމަންގް ބުނީ ފިލްމު ނިމެންދެން ވެސް ބެލުންތެރިން ތިބެން ޖެހޭނީ ނޭވާ ހިފަހައްޓާލައިގެން ކަމަށެވެ.