15 Jun 2011, 07:53
ބައިރޫތު : ލުބްނާނުގެ އާސަރުކާރުން މަސައްކަތްކުރާނީ އެޤައުމުގެ ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައިވާ ތަފާތުތައް ކުޑަކޮށް ޤައުމީ އެއްބައިވަންތަކަމާއި ހަމަޖެހުން ޤާއިމްކުރުމަށް ކަމަށް އާ ބޮޑުވަޒީރު ޑޮކްޓަރ މުޙައްމަދު ނަޖީބު މީޤާތީ ވިދާޅުވެއްޖެވެ.
ލުބްނާނުގެ އާސަރުކާރު އިޢްލާންކުރިތާ އެއް ދުވަސްފަހުން ދެއްވި ބަޔާނެއްގައި މީޤާތީ ވިދާޅުވީ އާ ސަރުކާރުން ބައިނަލްއަޤްވާމީ ޒިންމާ ތަކަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް އިޙްތިރާމް ކުރާނެ ކަމަށާ އާ ސަރުކާރާމެދު އެއްވެސް ފަރާތަކުން ކަންބޮޑުވާން ނުޖެހޭ ކަމުގައެވެ.
ލުބްނާނުގައި ސަރުކާރެއްނެތި ފަސްމަސްދުވަސް ދިޔުމަށްފަހު މީޤާތީގެ ވެރިކަމުގައި އަލަށް އެކުލަވާލި ސަރުކާރުގެ ގިނަ ވަޒީރުން ނިސްބަތްވަނީ އެޤައުމުގެ ޙިޒްބުﷲ ޖަމާއަތަށާއި ކުރީގައި ލުބްނާނުގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ޙަރަކާތްތެރިވި ކޯލިޝަން ޕާޓީތަކަށެވެ.
ލުބްނާނުގެ އާސަރުކާރުގައި ހިޒްބުﷲ ގެ އިތުރުން އެމެރިކާއާ އިދިކޮޅު ލުބްނާނުގެ ކުރީގެ އިދިކޮޅު ފަރާތްތައް ގިނަ ޢަދަދަކަށް އެމެރިކާގެ ކޮންގްރެސްއިންވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.ނަމަވެސް ލުބާނުގެ އާސަރުކާ އެމެރިކާ މުޢާމަލާތްކުރަނީ އެސަރުކާރުގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ބަލައިގެން ނޫންކަމަށާ އެސަރުކާރުގެ ޢަމަލުތަކަށް ބަލައިގެން ކަމަށް ވައިޓް ހައުސްއިން ބުނެއެވެ. -- އަލްޖަޒީރާ/ ޖަވާދު