ކާމިޔާބު ބަތަލާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ އަންހެން ދަރިފުޅު ޖާންވީ، ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.

ޖާންވީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވެފައިވާކަން ޔަގީން ކޮށްދިނީ އޭނާގެ ބައްޕައެވެ. ބޯނީ ކަޕޫރާއި ހަވާލާދީ ނޫސްތަކުން ބުނާގޮތުން، ޖާންވީ ބޮލީވުޑަށް ތައާރަފު ވާނީ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމަކުންނެވެ.

ޚަބަރުތައް ބުނާގޮތުން، ޖާންވީގެ ފުރަތަމަ ފިލްމަކަށް ވެގެންދާނީ މަރާޓީ ފިލްމު 'ސައިރާތު' ގެ ރީމޭކް އިންނެވެ. އެ ފިލްމު އުފެއްދުމަށް ކަރަން އަށް މިހާރު ވަނީ ހުއްދަ ލިބިފައެވެ.

ބޯނީ ކަޕޫރު ބުނީ އޭނާގެ ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުތުމަށް ޝައުގުވެރިވީތި ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ނަމަވެސް ޖާންވީ އާއި މަންމަ ސްރީދޭވީ އަޅާ ނުކިޔާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ކަޕޫރު ވަނީ ބުނެފައެވެ.

ސްރީދޭވީ ބުނީ، ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ޖާންވީ އޭނާގެ ތައުލީމު ފުރިހަމަކޮށް، މަޖާކޮށްލަން ބޭނުންވާ ކަމަށެވެ.