ސަން އޮންލައިންގެ ތާޒާ ޚަބަރުތައް ފަސޭހަކަމާ އެކު އާންމުންނަށް ފޯރުކޮށްދިނުމަށް، ދިވެހިންގެ މެދުގައި މަގުބޫލު "ވައިބާ"ގައިސަން އޮންލައިންގެ ޕަބްލިކް ޗެޓްގްރޫޕެއް ހަދައިފި އެވެ.

"ވައިބާ ޕަބްލިކް ޗެޓް"ގެ ގްރޫޕުތައް ކޮންމެ މީހަކަށް ވެސް ފޮލޯ ކުރެވޭނެ އެވެ.

ޕަބްލިކް ޗެޓަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި މީޑިއާތަކުން ވެސް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހާއްސަ ޕްލެޓްފޯމެކެވެ. އެކި ދާއިރާތަކުގެ މަޝްހޫރު ތަރިންނާއި ފަންނާނުން ވެސް، އެފަރާތްތަކުގެ މައުލޫމާތުތައް ތާޒާކަމާއެކު ފޭނުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޕަބްލިކް ޗެޓް ގްރޫޕު ބޭނުން ކުރެ އެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ ޚަބަރުތައް ތާޒާކަމާ އެކު އާންމުންނަށް ގެނެސްދިނުމަށް ހަދާފައިވާ "ސަން" އޮންލައިން ޕަބްލިކް ޗެޓް ގްރޫޕުގައި ޚަބަރާއި ފޮޓޯ އާއި ވީޑިއޯ ވަގުތުން ގެނެސްދޭނެ އެވެ.

މީގެ ހަތެއްކަ އަހަރު ކުރީން، ސަން އޮންލައިން ރަސްމީކޮށް ހިންގަން ފެށުމާއެކު ރާއްޖޭގައި ޚަބަރު ފެތުރުމުގެ ނިޒާމަށް ޑިޖިޓަލް މީޑިއާގެ މުހިއްމުކަން ފާހަގަވެގެން ދިޔައެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސަންއިން މަސައްކަތްކުރަމުން މިއަންނަނީ، ސަންގެ ކިޔުންތެރީން ބޭނުންވާގޮތަށް ބޭނުންވާ ފަދަ ބަދަލުތަކެއް ސަންއަށް ގެނައުމަށެވެ.

ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުން ވަކި މީޑިއަމެއްގެ ގޮތުގައި ސަން އޮންލައިން ރަޖިސްޓްރީކޮށްފައި ވަނީ ޖޫން 16 2010ގައެވެ. ނަމަވެސް ރަސްމީކޮށް ސަން އޮންލައިން ހިންގަން ފެށީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު އެވެ.

ދުނިޔޭގެ ވެބްސައިޓްތައް ރޭންކް ކުރާ ބައިނަލް އަގުވާމީ ކުންފުނި، އެމެރިކާގެ އެލެކްސާގެ ރޭންކިން އަށް ބަލާ އިރު ދިވެހިރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓް އަކީ ސަން އޮންލައިން އެވެ.