19 Nov 2016, 20:19
އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގީ އައްޑޫ ސިޓީގެ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ެމައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 14 އަހަރުގެ އެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އަދި ލިބުނު ގޯނާތަކަށް ފަރުވާ ހޯދުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔަ ކަމަށް ވެސް "ސަން" އަށް ވަނީ އެނގިފައެވެ.