19 Nov 2016, 13:00
އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބެލުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެ ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި ހިސާބުތަކުން 19 އަތޮޅެއްގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުގެ މުވައްޒަފުން ބައިވެރިވެ އެވެ. ޖެންޑަ މިނިސްޓްރީން ބުނީ ތިން ދުވަހުގެ މުއްދައްތަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި 28 ފަރާތަކުން ބައިވެރިވާ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްްލިކް ކޮލެޖުގަ އެވެ.

އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބެލުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމުގައި މިނިސްޓަރި ޒެނީޝާ ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ// ޖެންޑަ މިނިސްޓްރީ
އެ ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޖެންޑަ މިނިސްޓަރު ޒެނީޝާ ޝާހީދު ޒަކީ ވިދާޅުވީ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން މިއަދު ފެށުނު ތަމްރީން ޕްރޮގްރާމުގެ ސަބަބުން އެފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ޒެނީޝާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ ހައްލުކުރާނެ ގޮތްތަކަށް މެދު މަޝްވަރާ ކުރެވި ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށެވެ.