19 Nov 2016, 14:03
ބައިނަލްއަގުވާމީ ދިރާސީ މުބާރާތެއް ކަމުގައިވާ ގެ، ޓޯނަމެންޓް އޮފް ޗެމްޕިއަންސްގައި ބައިވެރިވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)ގެ ހަ ދަރިވަރުން ހިމެނޭ ޓީމެއް އެމެރިކާއަށް ގޮސްފިއެވެ.
ވޯލްޑް ސްކޯލާސް ކަޕަކީ އެމެރިކާގެ ޑެމިޑެކް ކުންފުނިން، 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ އެކެޑެމިކް މުބާރާތެކެވެ. ތިން ބުރަކަށް ކުރިއަށް ގެންދާ އެމުބާތުގެ ޗެމްޕިމްޕިއަންސް ބުރު ކުރިއަށް ދާނީ، ނޮވެމްބަރު 18އިން 21 އަށް އެމެރިކާގެ ނިއު ހެވަންގެ ޔޭލް ޔުނިވާސިޓީގައެވެ.
ޖީއައިއެސްގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވީ، ޔޭލް ޔުނިވާސިޓީގައި ކުރިއަށްދާ "ޓޯނަމަންޓް އޮފް ޗެމްޕިއަންސް"ގައި ވާދަކުރާ ޣިޔާސުއްދީން ސްކޫލްގެ ޓީމު މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއަށް ގޮސްފައި ވާއިރު، އެ ދަރިވަރުންނާއެކު ޣިޔާސުއްދީންގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމީމާ އަބްދުލް ޣަފޫރާއި، އިންގްލިޝް ހެޑް އޮފް ޑިޕާޓްމަންޓު ސަރޯޖް ވިލްސަންއާއި، ދެ ބެލެނިވެރިއަކު ދަތުރުގައި ބައިވެރިވާ ކަމަށެވެ.
މިއަހަރުގެ ޖުލައި 22 އިން 26ގެ ނިޔަލަށް، ޗެކް ރިޕަބްލިކްގެ ޕްރާގުގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕުގެ މިނީ ގްލޯބަލް ރައުންޑުގައި ޣިޔާސުއްދީންގެ 12 ދަރިވަރަކު ބައިވެރިވެ، އެ ދަރިވަރުން ވަނީ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައެވެ.
ވޯލްޑް ސްކޮލާސް ކަޕުގެ މިނީ ގްލޯބަލް ރައުންޑުގައި ޣިޔާސުއްދީންގެ ޓީމަށް ޗެމްޕިއަން ޑިބޭޓުން ރިހި މެޑަލަކާއި، މުބާރާތުގައި ދަރިވަރުން އިމްތިހާނު ކުރެވުނު ހުރިހާ މާއްދާގެ ޖުމްލައަށް ބަލާ އިރު އެ ސްކޫލުގެ ދަރިވަރަކަށް ރަން މެޑަލަކާއި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ރަނގަޅު ބައިވެރިޔާގެ މަގާމު ލިބިފައި ވެއެވެ.
ޠާހާ ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު، ސްރީ ލަންކާގައި ބޭއްވި، ވޯލްޑް ސްކޮލާސް ކަޕުގެ ރީޖަނަލް ރައުންޑާއި، ޗެކް ރިޕަބްލިކްގައި ބޭއްވި ގްލޯބަލް ރައުންޑުގައި ބައިވެރިވި، ޣިޔާސުއްދީންގެ ހުރިހާ ދަރިވަރުންވެސް ޓޯނަމަންޓް އޮފް ޗެމްޕިއަންސްއަށް ކޮލިފައިވި ކަމަށެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާހުރެ، ބައެއް ދަރިވަރުންނަށް ޗެމްޕިއަންސް ރައުންޑުގައި ބައިވެރި ނުވެވުނީ ކަަމަށެވެ.