19 Nov 2016, 10:58
ދިވެހި ފައިސާގައި ބޭނުންކުރަމުން އަންނަ އުވާލައި، އޭގެ ބަދަލުގައި ފައިސާފޮއްޗެއް ނެރެން ކުރީން ނިންމާފައި ވީ ވަނަމަވެސް، އެ ނިންމުން ބަދަލުކޮށްފައި ވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފައިސާއާ އެކު، ފަސް ރުފިޔާގެ ނޫޓް އުވާލައި ފަސް ރުފިޔާއަކީ ފައިސާ ފޮއްޗަކަށް ހެދުމަށް ނިންމާފައިވީ ނަމަވެސް މިހާރު ނިންމާފައި ވަނީ، ފަސް ރުރިޔާގެ އާ ނޫޓެއް ތައާރަފް ކުރުމަށް ކަމަށެވެ.
ގަވަރުނާ ވިދާޅުވީ ކުރީގެ ނިންމުން ބަދަލުކުރީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.
އަލަށް ތައާރަފްކުރާ ފަސް ރުފިޔާގެ ނޫޓަކީ ޕޮލިމާ ނޫޓެއް ކަމަށާއި އެނޫޓު އަންނަ އަހަރު ކުރީކޮޅު ނެރޭނެ ކަމަށްވެސް ގަވަރުނާ ވިދާޅުވިއެވެ.
މިހާރުގެންގުޅޭ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އަލަށް ހަދާ ފައިސާފޮތި ލުއިކޮށް ވަރަށް އަވަހަށް ނެރޭނެ ކަމަށްވެސް ގަވަރުނާ ވިދާޅުވިއެވެ.
މިނިވަން 50 އާއި ގުޅިގެން އެމްއެމްއޭއިން ވަނީ ދިވެހިފައިސާއަށްޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.