ފާހާނާގެ ތެރޭގައި ބަކަރިއެއް އޮވެގެން ބަންދުކުރި ފަސޭހަ ޕޮއިންޓަށް އަލުން ހުޅުވުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފި އެވެ

އެމްއެފްޑީއޭގެ މީޑިއާ ކޯޑިނޭޓަރު ޖަމީލާ މުހައްމަދު މިއަދު ވިދާޅުވީ ފަސޭހަ ޕޮއިންޓް އަލުން ހުޅުވުމުގެ ހުއްދަދިނީ އެއެތޯރިޓީން ބަލާ ސާފުތާހިރު ކަމުގެ މިންގަނޑަށް ފެތޭތީ ކަމަށެވެ.

ފަސޭހަ ޕޮއިންޓްގެ އިތުރުން އެއެތޯރިޓީން މިހާތަނަށް ސާފުތާހިރުކަން ކުޑަވެގެން 12 ތަނެއް ބަންދުކޮށްފައިވާއިރު އޭގެ ތެރެއިން ހަތް ތަނެއް އަލުން ވަނީ ހުޅުވުމުގެ ހުއްދަދީފަ އެވެ.

މާލޭގައި ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބެލުމަށް އެމްއެފްޑީއޭން މިމަހުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 129 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުންޏެވެ.