މިއަހަރުގެ އެމްޓީވީ ޔޫރަޕް މިއުޒިކް އެވޯޑު (އީމާ)ގައި ބައިވެރިވި ދީޕިކާ ޕަދުކޯން އެ ހަފްލާގައޮ ލައިގެން ހުރި ހެދުމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އަދި އެ ހަފްލާގައި އޭނާ ލައިގެން ހުރި ފެހި ކުލައިގެން ހެދުމުގެ ސަބަބުން، ދީޕިކާ ވަނީ އެންމެ ހުތުރުކޮށް ހެދުން އަޅައިގެން ހަފްލާ އަށް ދިޔަ ތަރިންގެ ލިސްޓުގައި ވެސް ހިމެނިފަ އެވެ. މީޑިއާ ތަކުން ދީޕިކާ ސިފަކޮށްފައި ވަނީ "ބޮލީވުޑް ބްލަންޑާ” އެއްގެ ގޮތުގައި އެވެ.

އޭނާ އެ ދުވަހު ލައިގެން ހުރީ މޮނީޝާ ޖެއިސިންގްގެ ހެދުމަކަށް ވާއިރު، އެ މައްސަލަ އާ ގުޅިގެން މޮނީޝާ އަދި ދީޕިކާ އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެގޮތުން ދީޕިކާގެ ސްޓައިލިންގ ޓީމަށް ހާއްސަ އިރުޝާދު ތަކެއް ދިނުމަށް ފަހު، އެންމެން ހައިރާން ވާފަދަ ރީތި ހެދުމެއް މެނުވީ ޑިޒައިން ނުކުރުމަށް އޭނާގެ ޓީމަށް އަންގާފައިވާ ކަމަށް ވެ އެވެ.