17 Nov 2016, 10:12
ވާނީ ކަޕޫރު ބޮލީވުޑަށް ތައާރަފުވީ 2013 ވަނަ އަހަރު ނުކުތް ފިލްމު ‘ޝުދް ދޭސީ ރޮމޭންސް’ އިންނެވެ. އެ ފިލްމުގައި ވާނީގެ ފަރާތުން ރަނގަޅު އެކްޓިން އެއް ފެނިގެން ދިޔަ އިރު، ވާނީ އަކީ ހުނަރުވެރި އެކްޓަރެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ.
ނަމަވެސް އެ ފިލްމަށް ފަހު ކެމެރާގެ ކުރިމްތިން ވާނީ ގެއްލުނީ އެވެ. “ޝުދް ދޭސީ ރޮމޭންސް” ރިލީޒް ވި ފަހުން ތިން އަހަރު ވީއިރު ވެސް ވާނީގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަިއސްފަ އެއް ނުވެ އެވެ. ފުރަތަމަ ފިލްމަށް ފަހު ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދުމަށް ފަހު ވާނީ ކުއްލިއަކަށް ގެއްލުނީ ކީއްވެބާ އެވެ؟
"އަހަރެން އިތުރު ފިލްމެއްގެ މަސައްކަތް ނުކޮށް މަޑު ކުރީ ޑައިރެކްޓަރު އަދިއްތުޔަ ޗޯޕްރާގެ އެދުމަކަށް. އަދިއްތުޔަ އަހަރެން ގާތުގައި އެދުނީ ރަނގަޅު ފިލްމަކަށް ނޫނީ އާނ ބަސް ނުބުނުމަށް،" ވާނީ ބުންޏެވެ.
‘ޝުދް ދޭސީ ރޮމޭންސް’، އަކީ ވެސް އަދިއްތުޔަގެ ފިލްމެކެވެ. އެ ފިލްމުން ބޮލީވުޑަށް ތައާރަފުވި ވާނީ މިހާރު ވަނީ އޭނާގެ ދެވަނަ ފިލްމު ރިލީޒް ކުރުމަށް ތައްޔާރުވެފަ އެވެ. މިފަހަރު ވެސް ވާނީ ފެނިގެން ދާނީ އަދިއްތުޔަ ޑައިރެކްޓު ކުރާ ‘ބޭ ފިކްރޭ’ އިންނެވެ.
ވާނީ ބުނީ މިހާ ދުވަސް ވަންދެން މަޑުކޮށްގެން ހުރީ ރަނގަޅު ސްކްރިޕްޓެއް ލިބެންދެން ކަމަށެވެ. އަދިއްތުޔަ ބުނީ އަހަރެންގެ ގާބިލުކަން ސާބިތުކޮށްދޭ ވަރުގެ ފިލްމެއް ކުޅެން. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ އަވަސް އަރުވާލައިގެން ގިނަ ފިލްމުތަކެއް ނުކުޅެވުނު ކަމަށްޓަކައި،” ވާނީ ބުންޏެވެ.
‘ބޭފިކްރޭ’ ގައި ވާނީ ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު ރަންވީރު ސިންގް އާ އެއްކޮށެވެ.