17 Nov 2016, 09:49
ކޮލަމްބޯ އިން: މުހައްމަދު ސިމާއު
ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި 18 އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ. މިކަން އިއުލާންކުރީ ސްރީލަންކާގެ ލަގްޒަރީ ހޮޓެލް މައުންޓް ލެވީނިއާގައި ރޭ ބޭއްވި ސަޓާގެ ގާލާ ހަފްލާގަ އެވެ.
ޖުމްލަ 29 ކެޓަގަރީއަކަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުގެެ ތެރެއިން 270 އަށް ވުރެ ގިނަ ނޮމިނީސްއާ ވާދަކުރި މި އަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖޭގެ 18 ފަރާތަކަށް އެވޯޑް ލިބުނު އިރު، އެވޯޑްގައި ވާދަކުރި ސްރީލަންކާ އަށް އަށް އެވޯޑެއް އަދި އިންޑިއާ އަށް ތިން އެވޯޑެއް ވަނީ ލިބިފަ އެވެ.
ނަމަވެސް ރޭގެ ރަސްމިއްޔާތުގައި ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑާއި ލީޑިން އިންޓަނޭޝަނަލް އެއާލައިންސް އެވޯޑް ދީފައެއްނުވެ އެވެ.
އެގޮތުން ރާއްޖެއަށް ލިބުނު އެވޯޑްތަކަކީ:
ލީޑިން ބީޗް ހޮޓެލް، ރިސޯޓް: އަމާރާ ހަވޮއްޑާ، ރާއްޖެ
- މޯސްޓް ރޮމޭންޓިކް ރިސޯޓް: ކޮކޯ ބޮޑުހިތި، ރާއްޖެ
- ލީޑިން އޯލް އިންކުލޫސިވް ރިސޯޓް، ހޮޓެލް: ސެންޓާރާ ގްރޭންޑް އައިލެންޑް
- ލީޑިން ޑިޒައިނާ ހޮޓެލް: އަމިއްލަ ފުށި، ރާއްޖެ
- ލީޑިން އެފް އެންޑް ބީ ހޮޓެލް، ރިސޯޓް: ކޮންރަޑް މޯލްޑިވްސް ރަންގަލި
- ލީޑިން ލަގްޒަރީ ހޮޓެލް، ރިސޯޓް: ޑަބްލިއު މޯލްޑިވްސް، ރާއްޖެ
- ލީޑިން ފެމިލީ ރިސޯޓް، ހޮޓެލް: ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
- ލީޑިން ވެލްނެސް، ސްޕާ ހޮޓެލް، ރިސޯޓް: ދަ ސަން ސިޔާމް އިރުފުށި
- ލީޑިން ވެލްނެސް، ސްޕާ ބްރޭންޑް: އަރާމު ސްޕާ
- ލީޑިން ޑައިވް ހޮޓެލް، ރިސޯޓް: އަދާރަން ސިލެކްޓް މީދުއްޕަރު
- ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރު: އަދާރަން ކްލަބް ރައްނާޅު
- ލީޑިން ޑައިވް ސްކޫލް، ސެންޓަރު: ޑައިވް އޯޝޭނަސް
- ލީޑިން ޓްރެވަލް އެޖެންޓް: ވޮޔޭޖަސް މޯލްޑިވްސް
- ލީޑިން ޖީއެސްއޭ، ޕީއެސްއޭ: ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް
- ލީޑިން ސާފް ހޮޓެލް، ރިސޯޓް: ސިނަމަން ދޮންވެލި
- ލީޑިން ލިވަބޯޑް: ސްކޫބާސްޕާ ޔޭންގް
- ލީޑިން ލިވަބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް
- ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓް، ހޮޓެލް: ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތެއް އޮތް ސްރީ ލަންކާ އަށް ލިބުނު އެވޯޑްތަކަށް ބަލާއިރު ގިނަ އެވޯޑްތައް ލިބިފައިވަނީ ރާއްޖޭގެ ފަރާތްތަކަކާ ވާދަކޮށްގެންނެވެ. އެގޮތުން ސްރީލަންކާ އަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑަކީ ލީޑިން ގެސްޓް ހައުސް، ޓުއަރިސްޓް އިން އެވޯޑެވެ. އެ އެވޯޑަށް ރާއްޖޭގެ ހަތް ގެސްޓް ހައުސްއަކުން ވާދަކުރިއިރު އިންޑިއާގެ ގެސްޓް ހައުސް އެއްވެސް އެ ކެޓަގަރީގައި ވާދަކުރި އެވެ.
ނަމަވެސް ރާއްޖޭން ވާދަކުރި ގެސްޓްހައުސްތަކުގެ ތެރެއިން ރާއްޖޭގެ ލީޑިން ގެސްޓް ހައުސް، ޓުއަރިސްޓް އިން އަކަށް ހޮވުނީ މާފުށީގައި ހުންނަ ކާނި ބީޗް ހޮޓަލެވެ. އޭގެ އިތުރުން ރާއްޖޭގެ ލީޑިން އެކޯ ހޮޓެލް/ ރިސޯޓް އެވޯޑް ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާއަށް ލިބުނުއިރު، ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑްސް ލިބުނީ ކޮކޯ ޕާމް ދުނި ކޮޅަށެވެ. އަދި ރާއްޖޭގެ ލީޑިން ޓުއާ އޮޕަރޭޓަރަކަށް ހޮވުނީ މޫދު ހޮލިޑޭސް އެވެ.
ދެކުނު އޭޝިއާ އިން ސްރީ ލަންކާއަށް ލިބުނު އެވޯޑްތައް:
ލީޑިން ގެސްޓް ހައުސް، ޓުއަރިސްޓް އިން: އަކުއާ އިން، ޓްރިންކޮމަލީ
- ލީޑިން އެކޯ ހޮޓެލް، ރިސޯޓް: ހެރިޓެންސް ކަންޑަލިމާ
- ލީޑިން ސީއެސްއާރު ޕްރޮގްރާމް: ރޯޔަލް ޕާމްސް ބީޗް ހޮޓެލް. ކަތުތަރަ
- ލީޑިން ބިޒްނަސް ހޮޓެލް: ދަ ކިންގްސްބަރީ
- ލީޑިން ޓުއާ އޮޕަރޭޓަރު: ކްލެސިކް ޓްރެވަލް
- ލީޑިން ސިޓީ ހޮޓެލް: ކާސާ ކޮލަމްބޯ ކަލެކްޝަން
- ލީޑިން މީޓިން އެންޑް ކޮންވެންޝަން ސެންޓަރު: ބީއެމްއައިސީއެޗް
- ލީޑިން ޓްރެވަލް ޓެކްނޮލޮޖީ: ފައިންޑްމައިފެއާ.ކޮމް
ދެކުނު އޭޝިއާއިން އިންޑިއާ އަށް ލިބުނު އެވޯޑްތައް:
ލީޑިން ހައުސް ބޯޓް: ސިނަމަން ސްޕައިސް ރޫޓްސް ލަގްޒަރީ ކްރޫޒް
- ލީޑިން ހައުސް ބޯޓް ބްރޭންޑް: މާވެލް ޓުއާސް
- ލީޑިން ޓްރާންސްޕޯޓް ޕްރޮވައިޑާ: ޕްރިންސީ ޓްރެވަލްސް
- (މި އެވޯޑަށް ރާއްޖޭގެ ފަރާތުން ވާދަކުރީ ވިލާ އެއާ ފްލައިމީ)
ބޮޑުބެރާ ދިވެހި ސަގާފީ ބައެއް ހަރަކާތްތަކާ އެކު ރޭ ބޭއްވި ފުރިހަމަ ގާލާ ހަފްލާގައި ހަތް ދާއިރާއަކުން ވިޒިޓާސް ޗޮއިސް އެވޯޑް ވެސް ދީފައިވެ އެވެ. ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާއަކުން އެވޯޑް ގެންދިޔައީ ރާއްޖޭންނެވެ.