16 Nov 2016, 15:59
ނުބައި ކޮލެސްޓްރޯލްގެ މިންވަރު ލޭގައި ދަށްކުރުމަށް މާމުއާއި ފޮނިތޮށި އެއްކޮށްގެން ބޭނުންކުރުމަށް ނިއުޓްރަނިސްޓުން ލަފާ ދެއްވައިފި އެވެ.
މިކަމާ ބެހޭ ދިރާސާތަކުގެ އަލީގައި ނިއުޓްރަނިސްޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ފޮނިތޮށި ވަރަށް ހިމުންކޮށް މުގަރައިގެން ގުދްރަތީ މާމުއާ އެއްކޮށް ޕޭސްޓެއް ހެދުމަށް ފަހު ކޮންމެ ދުވަހެއްގެ ހެނދު އެޕޭސްޓުން ސައި ސަމުސާގެ ދެ ސަމުސަލުގެ މިންވަރު ބޭނުން ކުރުމަކީ ނުބައި ކޮލެސްޓްރޯލް ނުވަތަ "ލޯވް ޑެންސިޓީ ލިޕޯޕްރެޓެއިން" (އެލްޑީއެލް) ލޭގައި ދަށްކޮށްދޭ ކަމެކެވެ.
މި ޕޭސްޓް ބޭނުންކުރުމަށް ފަހު ހޫނު ފެންތައްޓަކަށް ލުބޯ ހުތް އަޅައިގެން ބޯލުމަށްވެސް ނިއުޓްރަނިސްޓުން ލަފާ ދެއްވަ އެވެ. މި ޕޭސްޓް ބޭނުންކުރުމަށް ފަހު ހޫނު ފެންތައްޓަކަށް ލުނބޯ ހުތް އަޅައިގެން ބޯލުމަކީ އޭގެ އަސަރު ހެޔޮގޮތުގައި ފެންނާނެ ކަމެއްކަމަށް ކަމާ ބެހޭ ދިރާސާތައް ބުނެ އެވެ.
މުގުރި ފޮނިތޮއްޓާއި މާމުއިގެ ޕޭސްޓް ހެދުމަށް ބޭނުންކުރާނީ މުގުރި ފޮނިތޮށީގެ ދެސަމުސަލާއި ގުދްރަތީ މާމުއިގެ އެއްސަމުސަލެވެ. މި ޕޭސްޓުން ކުރާ އެހެން ފައިދާތަކުގެ ތެރޭގައި ގޯލްޑް ބްލެޑާގައި އުފެދޭ އިންފްލެމޭޝަންތައް ނައްތާލުމާއި ހުޅުތަކުގައި އުފެދޭ އިންފްލެމޭޝަން ނައްތާލުމުގެ އިތުރުން ހަށިގަނޑުގައިވާ އެކި ބާވަތްތަކުގެ ފެޓް ނައްތާލުމާއި ހިތުގެ ސިއްހަތު ސަލާމަތް ކޮށްދިނުންވެސް ހިމެނެއެވެ. (ހެލްތީ ކިއޮސް)