15 Nov 2016, 20:34
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ ޓާމިނަލްތަކުން މާދަމާ އިން ފެށިގެން ދިނުމަށް ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، އެދެ އަވަށުގެ ޓާމިނަލްތަކުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީ ކުރުމުގެ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްގެންދާނެ ކަމަށެވެ.
މާލޭގައި މިހާރުވެސް ބާޖަމާލުއްދީން ސުކޫލުން ރަޖިސްޓްރީކޮށްދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، VR(Space)ID ޖެހުމަށް ފަހު 1414އަށް އެސްއެމްއެސް ކުރުމުން އެމީހަކު ވޯޓުލުމަށް މިހާރު ރެޖިސްޓްރީވެފައިވާ ތަން ބަލައިލެވޭނޭ ކަމަށެވެ.