ގއ. ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ފަަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ދާންދޫ ސްކޫލުން ބުނި ގޮތުގައި މި ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އަދި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އެސްކޫލުން ބުންޏެވެ.

"މަޓަސް ހާންނަ އެގެއި" ގެ ޝިއާރު ދަށުން ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާ، ކާޑެއްދޫ ޕޯސްޓްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދާންދޫގެ ބަނދަރު ސަރަހައްދުގެ ދެކުނު ފަރާތުގައި ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ދަށުން އެ ސްކޫލުގެ ގްރޭޑް ހަތަރަކުން މަތީގެ ކްލާސްތަކުން ހޮވާލެވުނު 63 ދަރިވަރަކު ބައިވެރިވެއެވެ. މި ޕްރޮގްރާމުގެ ދަށުން އެރަށުގެ އެކި މުއައްސަސާތަކުން ހޮވާލެވޭ 20 މީހުންގެ ޓީމަކަށްވެސް ފަތަން ދަސްކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.