ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމުގެ ކަންކަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަމަޖައްސައިދިނުމުގެ މަސައްކަތް ފެށުމާ އެކު، ސްރީލަންކަންއިން ކޮލޮމްބޯ - ގަން ދަތުރުތަކުގެ ޓިކެޓު ވިއްކުން އަލުން ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑަރ ކޮންޓްރޯލްގެ ބައެއް ކަންކަން ހަމަޖެހިފައި ނެތުމުގެ ސަބަބުން، ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ ހަފްތާގައި ވަނީ، ސްރީލަންކަންއިން ޑިސެމްބަރު މަހު ގަމަށް ދަތުރުތައް ފެށުމަށް ކުރާ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ފުރިހަމަ ނުވެ އޮތް ސިސްޓަމަކީ ބޯޑާ ކޮންޓްރޯލް ފޯ އެކްސްޕެޓްރިއެޓް ވޯކާސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނި ގޮތުގައި ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަށް ބޯޑަރު ކްލިއަރަންސްގެ ކަންކަން ގަން އެއާޕޯޓުގައި ހަމަޖެއްސުމުގެ ކަންކަން ވަނީ ފަށައިފައެވެ. އަދި ޑިސެމްބަރު އެކެއްގައި ޝެޑިއުލް ފުލައިޓުން ދަތުރުކުރައްވާ ދިވެހީންނާއި ފަތުރުވެރީންނަށް އިމިގްރޭޝަން ކުލިއަރަންސް ޚިދުމަތްތައް ދެވޭ ވަރަށް އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެ ކަމުގެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ އޮފް އެއާ ޓްރާންސްޕޯޓު އަބްދުﷲ ރަޝީދު "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި، އިމިގްރޭޝަނުން ތައްޔާރީތައް ވާން ފަށާފައިވާކަން އިއުލާން ކުރުމާ އެކު، ޑިސެމްބަރު މަހު ސްރީލަންކަންއިން އައްޑޫއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ ކަންކަން ސިވިލް އޭވިއޭޝަނުން މިއަދު ވަނީ ފަށައިފައެވެ.

އަދި އެކަން ސްރީލަންކަންއަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވާފައި ވާނެ އެބޭފުޅުންގެ އެޕްލިކޭޝަން ޕްރޮސެސްކުރަން ފަށާފައިވާނެކަން. އަޅުގަނޑުމެން މި ބަލަނީ އެބޭފުޅުން ފްލައިޓުތައް ފަށާ ތާރީޚަށް ހުއްދަ ދިނުމުގެ ކަންކަން ނިންމާލެވޭނެ ކަމަށް،" އަބްދުﷲ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު "ސަން" އަށް މިއަދު ވިދާޅުވީ، ސިވިލް އޭވިއޭޝަނުން އެކަން އެންގުމާ އެކު، ގަން - ކޮލޮމްބޯ ދަތުރުތަކުގެ ޓިކެޓު ވިއްކުން އަލުން ފަށާފައިވާނެ ކަމަށެވެ.

އަދި ސްރީލަންކަން އެއާލައިންސްގެ ޓިކެޓު ވިއްކާ ހުރިހާ ޕޮއިންޓަކުން ވެސް ރިޒަވޭޝަން ހެއްދުމާއި ޓިކެޓު ބައްލަވައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމަށް ދަތުރުކުރާނީ އެވެ. އެއީ ހޯމް، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހެވެ. އެ ފްލައިޓުތައް ކޮލޮމްބޯއިން ނައްޓާލާނީ ހެނދުނު 7:00ގައެވެ. އަދި ގަމުގައި ޖައްސާނީ ހެނދުނު 8:35ގައެވެ. އެ ފްލައިޓު ގަމުން އެނބުރި ކޮލޮމްބޯއަށް ނައްޓާލަން ހަމަޖެހިފައިވަނީ ހެނދުނު 9:20ގައެވެ. އަދި ކޮލޮމްބޯގައި ފްލައިޓު ޖައްސާނީ މެންދުރު 12:00ގައެވެ.

އޭސް ޓްރެވަލްސްއިން މައުލޫމާތު ދޭ ގޮތުގައި، މިހާރު ތައާރަފުކޮށްފައިވާ، ގަން - ކޮލޮމްބޯ ދަތުރުތަކުގެ އިންޓްރޮޑަކްޓަރީ ފެއާގެ އިތުރުންވެސް ޚާއްސަ ފެއާތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ޑިސެމްބަރު އެކެއްގައި ސްރީލަންކަންއިން ގަމަށް ދަތުރުކުރެވޭނެކަން ޔަގީންވެފައިވާ އިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރިހަމަކުރަންޖެހޭ ބައެއް މަސައްކަތްތައް އެތަނުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.