ގާހިރާ (ނޮވެމްބަރު 15): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މޫރުސީގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓުން ބާތިލުކޮށްފި އެވެ.

މިދިޔަ އަހަރު މޫރުސީގެ މައްޗަށް މަރުގެ ހުކުމް ކުރީ 2011 ވަނަ އަހަރު މިސްރަށް ގެނައި އިންގިލާބުގެ ތެރޭގައި ޖަލުން ފިލި މައްސަލައިގަ އެވެ. އެއާ އެކު ޓެރަރިޒަމް ފަދަ އެހެން ބައެއް ކުށްތައް ކުރި ކަމަށް ސާބިތުވުމުން އެނާގެ މައްޗަށް އުމުރަށް ޖަލު ހުކުމް ކޮށްފައިވެ އެވެ.

މޫރުސީގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ބާތިލު ކުރުމާ ގުޅިގެން އޭނާ ޖަލުން ފިލި މައްސަލައިގެ ޝަރީއަތް އަނެއްކާ ވެސް ބާއްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މޫރުސީގެ އިތުރުން މުސްލިމް ބްރަދަހުޑުގެ އިތުރު ފަސް ލީޑަރެއްގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ވެސް ވަނީ ބާތިލުކޮށްފަ އެވެ. އަދި މިސްރުގައި މަނާ ކޮށްފައިވާ އެ ޖަމާއަތުގެ 21 މީހެއްގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ވަނީ ބާތިލުކޮށްފަ އެވެ.

ިޑިމޮކްރަޓިކް އިންތިހާބެއް ކާމިޔާބު ކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސުގެ ގޮތުގައި 2012 ވަނަ އަހަރު މޫރުސީ ވެރިކަމަށް ވަޑައިގެންނެވިތާ އެއް އަހަރު ތެރޭ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާ އިން އޭނާ ވެރިކަމުން ދުރުކުރި އެވެ. (ބީބީސީ)