14 Jun 2011, 12:11
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް [އައިޖީއެމްއެޗު]ގެ ކުރީގެ ސީއީއޯ، ޒުބައިރު މުހައްމަދަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ޒުބައިރު މުހައްމަދު މީގެކުރިން ހުންނެވީ، އައިޖީއެމްއެޗުގެ ސީއީއޯ އަދި މާލޭ ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.